Advertisement
ކ. މާލެ
|
25 އޯގަސްޓް 2025 | ހޯމަ 19:10
ކެރަފާ ޢަބްދުލް ޣަނީ
ކެރަފާ ޢަބްދުލް ޣަނީ
ފޭސްބުކް
ކެރަފާ އަބްދުލް ޣަނީ
ކެރަފާ އަބްދުލް ޣަނީ އަވަހާރަވެއްޖެ
ކެރަފާ އަބްދުލް ޣަނީ އަވަހާރަވި އިރު އުމުރުފުޅަކީ 86 އަހަރު
އޭނާއަކީ ރާއްޖޭގެ ފުރަތަމަ އިލެކްޓްރިކަލް އިންޖިނިއަރު އަދި ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރު އުފެއްދުމުގައި އިސްކޮށް އުޅުއްވި އެއް ފަރާތް
އޭނާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ފަސްޓް ލޭޑީ ފަޒްނާ އަހުމަދުގެ ބޮޑު ބޭބޭފުޅު

ކެރަފާ އަބްދުލް ޣަނީ އަވަހާރަވެއްޖެއެވެ.

ކެރަފާ އަބްދުލް ޣަނީ އަވަހާރަވީ ހޯމަ ދުވަހުގެ ހަވީރު ބެންކޮކް ގެ ހޮސްޕިޓަލެއް ގައި ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަވަހާރަވީ އާލާސްކަންފުޅާ ދުވަސްކޮޅަކު އުޅުއްވުމަށް ފަހުއެވެ.

މަރުހޫމް ކެރަފާ އަބްދުލް ޣަނީ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދުގެ ބޮޑުބޭބޭފުޅެވެ.

އޭނާ އަކީ ފުރަތަމަ ރާއްޖޭގައި މަސައްކަތުގެ ދާއިރާއިން އުފެއްދި ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރު އުފެއްދުމުގައި އިސްކޮށް އުޅުއްވި އެއް ފަރާތެކެވެ. ޣަނީ ފުރަތަމަ ކިޔަަވާ ވިދާޅުވީ ސްރީލަންކާގައެވެ. އަދި އެއަށްފަހު އިލެކްޓްރިކަލް އިންޖިނިއަރިންގ ދާއިރާއިން ފަސްޓް ޑީގްރީ މަޑްރާސް އިން ހާސިލްކުރެއްވިއެވެ.

އޭނާ އަކީ ރާއްޖޭން ބޭރުން މަތީތައުލީމް ހާސިލް ކުރެއްވުމަށްފަހު ރައްޖެވަޑައިގެން މާލޭގެ ބޮޑު އިންޖީނުގޭގައި ފުރަތަމަ މަސައްކަތް ކުރެއްވި އެއް އިލެކްޓްރިކަލް އިންޖިނިއަރުއެވެ.

ޣަނީ ވަނީ ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރު ހިންގުމުގައި އެންމެ އިސްކޮށް ދުވަސްތަކެއް ވާންދޭން ހޭދަކުރައްވާފައެވެ. ރާއްޖޭގައި އެ ސަންޓަރުން ވަރަށް ގިނަ އިންޖިނިއަރިންގ ގެ އެކި ދާއިރާތަކުން މަސައްކަތްތެރިން ތަކެއް އުފެދިގެން ގޮސްފައިވެއެވެ.

މީގެ އިތުރުން 1980ގެ އަހަރުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ވިޔަފާރީ ގެ ދާއިރާއަށް ވަދެވަޑައިގެން އެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވިއެވެ. އޭނާ އަކީ ޓުައަރިޒަމް ގެ ވިޔަފާރި ހިންގާ ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރުއެވެ.

އޭނާ އަވަހަރަވީއިރު އުމުރުފުޅަކީ 86 އަހަރުއެވެ. އަވަހާރަ ވިއިރު އަނބިކަނބަލަކާ ދަރިކަލަކު ހުރެއެވެ.

- ކޮމެންޓް