ކ. މާލެ
|
19 މާރޗް 2025 | ބުދަ 13:20
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކުރި ހުސެއިން ޝަހީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކުރި ހުސެއިން ޝަހީދު
މިހާރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޝަހީދު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޝަހީދު އައްޔަން ކުރުމަށް 64 މެންބަރުން ވޯޓު ދެއްވި
ޝަހީދު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފައި މިވަނީ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމާއި ގުޅިގެން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިއަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޝަހީދު އައްޔަން ކުރުމަށް އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުން އިއްތިފާގުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަން ކުރުމަށް ވަނީ ފާސްކޮށްފައެވެ.

ސުޕްރީމް ކޯޓަށް ޝަހީދު އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ)އިންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުވުމަށް ހުޅުވާލި ފުރުސަތުގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމް ކުރިމަތިލެއްވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފައި މިވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ގާނޫނު އަސާސީ އާ ޚިލާފުވެފައިވާ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު 4 މާރިޗް 2025 އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ސުއޫދު އިސްތިއުފާ ދެއްވިއިރު، ހުންނެވީ ސަސްޕެންޑް ވެސް ކޮށްފައެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ އާއި މަހާޒް އަލީ ޒާހިރުގެ އިތުރުން އާއިޝާ ޝުޖޫން މުހައްމަދާއި އަލީ ރަޝީދު ހުސައިން އަދި ޑރ. މުހައްމަދު އިބްރާހީމެވެ.

މި ފަނޑިޔާރުންގެ ތެރެއިން ވެސް މަހާޒް އާއި އަޒްމިރަލްދާ ހުރީ ސަސްޕެންޑްކޮށްފައެވެ.

ފަނޑިޔާރުންގެ މައްސަލަތަކެއް ބަލައި، 26 ފެބްރުއަރީ 2025 ގައި ސަސްޕެންޑްކޮށްފައި މިވަނީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ފަށާފައިވަނިކޮށެވެ.

- ކޮމެންޓް