ކ. މާލެ
|
18 މާރޗް 2025 | އަންގާރަ 03:49
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ޝިފާޒް މުހައްމަދު ރާއްޖެޓީވީ އަށް ދެއްވި އިންޓަރވިއު އެއްގެ ތެރެއިން - 17.03.2025
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ޝިފާޒް މުހައްމަދު ރާއްޖެޓީވީ އަށް ދެއްވި އިންޓަރވިއު އެއްގެ ތެރެއިން - 17.03.2025
ރާއްޖެއެމްވީ
އެމްޑީޕީ ކުއްލި އެއްވުން
މުޅި ދައުލަތް ޕެރަލައިޒް ކޮށްލައިފި. ރައްޔިތަކަށް ކަމެއްދަމެއް ބޮޑުވެގެން ދާނޭ ހަމައެއްވެސް ތަނެއް މިގައުމުގައި މިހާރު ނެތް: ޝިފާޒް
ރާއްޖޭގެ ރައްޔިތުން މިވަގުތު މިތިބީ ރާއްޖޭގައި ކުރީގައި އޮތް ބިރުވެރި ހާލަތު ބަދަލުކޮށް އެ ގޮތުގެ މަތީގައި
ސިޔާސީ ހަރަކާތަކީ ޤާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައިވާ ހައްޤެއް. ކޮންމެ ޕާޓީއަކަށް ވެސް އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު އޮންނަން ޖެހޭނެ

މުޅި ދައުލަތް ޕެރަލައިޒް ކޮށްލައިފި ކަމަށާއި މިއަދު ރައްޔިތަކަށް ކަމެއްދަމެއް ބޮޑުވެގެން ދާނޭ ހަމަ އެއްވެސް ތަނެއް މި ގައުމުގައި މިއަދު ނެތް ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ކަނބަލުންގެ ގަޔަށް ކަޅުތެޔޮ ޖަހައި އެ ކަނަބަލުން ފުލުސް އޮފީހަށް ހާޒިރު ކުރުމާއި ގުޅުވައި ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަކީ ޤާނޫނުއަސާސީން އެންމެ ބޮޑަށް ބާރު ލިބިދީގެން ހޯދާފައިވާ ހައްގު ކަމަށާއި ޚާއްސަކޮށް އިދިކޮޅު ޕާޓީއެއްގެ ދައުރަކީ ޖަވާބުދާރީކުރުވުމުގެ ދައުރު ކަމަށެވެ.

ޝިފާޒް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން މިވަގުތު މިތިބީ ރާއްޖޭގައި ކުރީގައި އޮތް ބިރުވެރި ހާލަތު ބަދަލުކޮށް އެ ގޮތުގެ މަތީގައި ކަމަށާއި، މާޒީގައި ގައުމު އޮތް ގޮތަށް އަލުން އިޔާދަވާން ކުޑަވެސް ފުރުސަތެއް ނުދެއްވާނޭ ކަމަށެވެ.

ޝިފާޒް ވިދާޅުވީ ސިޔާސީ ހަރަކާތަކީ ޤާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައިވާ ހައްޤެއް ކަމަށާއި އެގޮތުން ކޮންމެ ޕާޓީއަކަށް ވެސް އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު އޮންނަން ޖެހޭނޭ ކަމަށެވެ.

ޝިފާޒް ވިދާޅުވީ ގައުމު ކުރިން އޮތް ބިރުވެރި ހާލަތަށް ބަދަލު ކުރުމަށް ފުރުސަތު ނުދެއްވާނޭ ކަމަށާއި ކަޅުތެޔޮ ޖެހުމާއި، ގައު އުކުމާއި ސިޔާސީ ހަރަކާތްތަކަށް ހުރަސް އެޅި ޒަމާން ފާއިތުވެ ހިނގައްޖެ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ހުރަސް އަޅައި ސިޔާސީ ހަރަކާތްތަކަށް ހުރަސްއަޅައި އެ ފަދަ ހަރަކާތަތައް ހުއްޓުވާލުމަށް އެމްޑީޕީން ފުރުސަތު ނުދެއްވާނޭ ކަމަށެވެ.

ޝިފާޒް ވިދާޅުވީ މި ގައުމުގައި މިހާރު މިއޮތް ހާލަތަށް ބަލާއިރު ރައްޔިތުންނަށް އޮތް ހަމަ އެކަނި ގޮތަކީ މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރުން ކަމަށާއި އެކަން މިއަދު ދިވެހި އެންމެ ހާ ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

ޝިފާޒް ވިދާޅުވީ މިއަދު މިއޮތް ރައީސް މުއިއްޒުގެ މި ސަރުކާރުން މުޅި ދައުލަތް ޕެރަލައިޒް ކޮށްލައިފި ކަމަށާއި ރާއްޖޭގައި ރައްޔިތަކު ކަމެއް ދަމެއް ބޮޑުވެގެން ދާނޭ އެއްވެސް ތަނެއް މިހާރު މި ގައުމުގައި ނެތް ކަަމެވެ. ކަން މިހެން އޮތްއިރު، ރައްޔިތުންނަށް އޮތް ހަމަ އެކަނި ގޮތަކީ މިއަދު މަގުމައްޗަށް ނުކުމެ މަގުތަކުގައި އިހުތިޖާޖު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިހުތިޖާޖު ކުރަން ކުނުތީމާ ތިބޭފުޅުން ހުރަސް ނާޅުއްވާ، ތި އެއްބާރުލުން ދެއްވާތީ މިއަދު އަޅުގަނޑުމެން އުފާކުރަން. އަޅުގަނޑުމެންނަށް ކުރެވޭ ކަމަކީ މިކަމުގައި އަޅުގަނޑުމެން ދެމިތިބުން. އަޅުގަނޑު އެއްވާހަކައެއް ދަންނަވާލަން ބޭނުން. ދާދި ފަހަކަށް އައިސް، މީގެ 20 އަކަށް އަހަރު ކުރީގައި އަޅުގަނޑުމެން ބުނެލާ ބަހަކުން، ލިޔެލާ އެއްޗަކުން ގެންގޮސް ގޮޅިއަށް ލައި ތުނބުޅީގައި ޗިލީ ސޯސް ހާކައި ތުނބުޅި ބާލައި އަޅުގަނޑުމެން ނަށް އެތައް އަނިޔާއެއް ދޭ. އަދި މަގުތައް މަތިންވެސް އެތައް އަނިޔާއެއް ދޭ.

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް

ޝިފާޒް ވިދާޅުވީ ސިޔާސީ ގޮތުން އޭރު ނުދޭ އެއްވެސް އަނިޔާއެއް ނެތް ކަމަށެވެ. އެހެން ނަމަވެސް މިއަދު އެކަން އެގޮތަށް ނުވުމަކީ އުފާކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސިފާޒް ވިދާޅުވީ ސިޔާސީ މައިދާނަށް ނުކުންނަ ހަމަ ކޮންމެ ބޭފުލަކަށް ވެސް އެނގެން ޖެހޭ ހަގީގަތަކީ ދިމާކުރާނޭ ކަމަށާއި އެފަދަ ބޭފުޅަކު ފޮރުވަން ޖެހޭ އެއްވެސް އެއްޗެއް އޮވެގެން ނުވާނޭ ކަން ކަމަށެވެ.

- ކޮމެންޓް