Advertisement
ކ. މާލެ
|
24 އޯގަސްޓް 2025 | އާދީއްތަ 10:34
ނިމިދިޔަ ސަރުކާރުގެ ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ހުސައިން: އޭނާ ވިދާޅުވީ ފެނިގެން ދަނީ މި ސަރުކާރު ޚުދުމުޚްތާރު ވެރިކަމަކާ ދިމާލަށް ދާތަން ކަމަށް މިސްރާބުޖަހާފައިވާ މަންޒަރު.
ނިމިދިޔަ ސަރުކާރުގެ ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ހުސައިން: އޭނާ ވިދާޅުވީ ފެނިގެން ދަނީ މި ސަރުކާރު ޚުދުމުޚްތާރު ވެރިކަމަކާ ދިމާލަށް ދާތަން ކަމަށް މިސްރާބުޖަހާފައިވާ މަންޒަރު.
ރާއްޖެއެމްވީ
މިނިވަން މީޑިއާގެ ދައުރު ހަނިކުރުން
ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކޮށް، ކައުންސިލްތައް އުވާލަން މަސައްކަތްކުރަނީ، ރައްޔިތުންގެ ތާއީދު ނެތްކަން ޔަޤީންވުމުން: އިފްހާމް
މި ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމަށާއި އަތޮޅު ކައުންސިލްތައް އުވާލަން މަސައްކަތްކުރަނީ ރައްޔިތުންގެ ތާއީދު ގެއްލިފައިވާތީ
ރާއްޖޭގެ 100 އަށްވުރެ ގިނަ ކައުންސިލުން ދެކޮޅު ހެދި ނަމަވެސް ލާމަރުކަޒީ ގާނޫނަށް 16 ވަނަ އިސްލާހު ގެނައުމުގެ ބިލު ވަނީ ތަސްދީގު ކޮށްފަ
ނޫސްވެރިކަން މަރާލުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފައިވުމާއެކު މިހާރު ފެންނަނީ ޚުދުމުޚްތާރު ވެރިކަމަކާ ދިމާލަށް މިސްރާބު ޖަހާފައިވާ މަންޒަރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަށާއި އަތޮޅު ކައުންސިލްތައް އުވާލަން މަސައްކަތްކުރަނީ، މި ސަރުކާރަށް ރައްޔިތުންގެ ތާއީދު ގެއްލިފައިވާކަން ޔަޤީންވުމުން ކަމަށް ނިމިދިޔަ ސަރުކާރުގެ ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ހުސައިން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅު ތަކުން 100 ށް ވުރެ ގިނަ ކައުންސިލުން ދެކޮޅު ހަދަމުން ދަނިކޮށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް މުޢިއްޒު ތަސްދީގު ކުރެއްވީ އޮގަސްޓު މަހުގެ 15 ގައެވެ.

ކައުންސިލްތަކަށް ލިބިދީފައި އޮތް ބާރުތައް ހަނިކުރާ މިބިލު ރައީސް ތަސްދީގުކޮށް ކައުންސިލްތަކަށް ލިބިފައި އޮތް އެންމެހާ ބާރުތަކެއް މުށުތެތެއަށް ލެއްވި އިރު، އެމަނިކުފާ ނު މިހާރު ގެންދަވަނީ މީޑިއާތައް ކޮންޓްރޯލް ކޮށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވެސް އަރައިގަތުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މިހާރު ވަނީ ނޫސްވެރިކަން މަރާލުމަށް މަޖިލީހަށް ބިލެއް ވެސް ހުށަހަޅާފަ އެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އިފްހާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ މި ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަށާއި އަތޮޅު ކައުންސިލްތައް އުވާލަން މަސައްކަތްކުރަނީ، މި ސަރުކާރަށް ރައްޔިތުންގެ ތާއީދު ގެއްލިފައިވާކަން ޔަޤީންވުމުން ކަމަށެވެ. އަދި މި ސަރުކާރުގެ އަމަލުތަކުން މިހާރު ފެނިގެން މިދަނީ ޚުދުމުޚްތާރު ވެރިކަމަކާ ދިމާލަށް މިސްރާބުޖަހާފައިވާ މަންޒަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިފްހާމް ވިދާޅުވީ ރައްޔިތުންގެ ތާއީދު ނެތް ވެރިން އިންތިޚާބުތައް މަދުކުރުމަށް މަސައްކަތްކުރާ ކަމަށާއި އަދި މިނިވަން މީޑިއާގެ ދައުރު ހަނިކުރުމަށްވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އިފްހާމް ވިދާޅުވީ ޚުދުހުތާރުކަމާއި އެކު މިކަން މިގޮތަށް ކުރުމަކީ ޑިމޮކްރަސީގެ އަސާސްތަކާއި ވެސް މުޅިން ޚިލާފު ފިނޑިކަމެއް ކަމަށެވެ.

އިފްހާމް ވިދަޅުވީ މިނިވަން މީޑިއާގެ ދައުރު ހަނިވާގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށާއި، އަތޮޅު ކައުންސިލްތައް އުވާލުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް މި ސަރުކާރަށް ގޮވާލާ ކަމަށެވެ.

- ކޮމެންޓް