ކ. މާލެ
|
17 މާރޗް 2025 | ހޯމަ 19:21
އެމްޑީޕީގެ އެކްޓިވިސްޓް އައިޝަތު ނަޖުދާ އަލީ - އޭނާ ވެސް ވަނީ ހޯމަ ދުވަހު ފުލުހަށް ހާޒިރު ކޮށްފަ
އެމްޑީޕީގެ އެކްޓިވިސްޓް އައިޝަތު ނަޖުދާ އަލީ - އޭނާ ވެސް ވަނީ ހޯމަ ދުވަހު ފުލުހަށް ހާޒިރު ކޮށްފަ
ރާއްޖެއެމްވީ
އެމްޑީޕީ ކުއްލި އެއްވުން
މުޒާހަރާތަކާއި ގުޅިގެން ނަޖުދާ ވެސް ފުލުހަށް ޙާޒިރު ކޮށްފި
ފުލުހަށް ހާޒިރު ވުމަށް ނަޖުދާ އަށް ޗިޓް ފޮނުވާފައި ވަނީ އާދިއްތަ ދުވަހު
ނަޖުދާ އަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ ހޯމަ ދުވަހުގެ ހަވީރު 16:00 އަށް، ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ޙާޟިރު ވުމަށް
ފުލުހަށް ހާޒިރު ކުރެވުނީ ޚިޔާލުފާޅުކުރުމަށް މަގުމައްޗަށް ނުކުމެ ޤާނޫނު އާސާސީން ލިބިދޭ ހައްޤެއްގެ ބޭނުން ކުރުމުން

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާ ތަކާ ގުޅިގެން އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާ އާއިޝަތް ނަޖުދާ އަލީ ވެސް ހޯމަ ދުވަހު ފުލުހަށް ހާޒިރުކޮށްފިއެވެ.

މުޒާހަރާތަކާއި ގުޅިގެން ފުލުހަށް ހާޒިރު ވުމަށް ނަޖުދާ އަށް ޗިޓް ފޮނުވާފައި ވަނީ އާދިއްތަ ދުވަހުގައެވެ. ނަޖުދާ އަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ ހޯމަ ދުވަހުގެ ހަވީރު 16:00 އަށް، ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ޙާޟިރު ވުމަށެވެ. އެގޮތުން ހޯމަ ދުވަހު އޭނާ ވަނީ ޕޮލިހަށް ހާޒިރުކޮށްފައެވެ.

ނަޖުދާ އަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ، 2025 މާރިޗް 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގު މަތީގައި އެއްވެ، އަޑު ގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރު ކުރުމަށާއި، އާންމު ވިޔަފާރީތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރުއަދާ ކުރުމަށްހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އެ ތުހުމަތުގައި ނަޖުދާ ޙާޒިރު ކޮށްފައި ވަނީ އޭޭނާއާ ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ. ބަޔާން ނެގުމަށް ދެ ގަޑިއިރު ހޭދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފުލުހުން ފޮނުވި ޗިޓުގައި ވަނީ ބުނެފަ އެވެ.

ހޯމަ ދުވަހު ފުލުހަށް ހާޒިރުވެ ބަޔާން ދިނުމަށް ފަހު ނުކުމެ، ރާއްޖެ އެމްވީއާއި ވާހަކަ ދައްމުން ނަޖުދާ ބުނީ ފުލުހަށް ހާޒިރު ކުރެވުނީ ޚިޔާލުފާޅުކުރުމަށް މަގުމައްޗަށް ނުކުމެ ޤާނޫނު އާސާސީން ލިބިދޭ ހައްޤެއްގެ ބޭނުން ކުރުމުން ކަމަށާއި ޚިޔާލު ފާޅުކުރުމުގެ ހައްޤަކީ ހަމަ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވާ ހައްޤެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

ފުލުހަށް ހާޒިރު ކުރެވުނީ ޚިޔާލުފާޅުކުރުމަށް މަގުމައްޗަށް ނުކުތުމުން. ޚިޔާލު ފާޅުކުރުމުގެ ހައްޤަކީ ހަމަ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވާ ހައްޤެއް ކަމަށް ޤަބޫލު ކުރަނީ.

އާއިޝަތް ނަޖުދާ އަލީ

މުޒާހަރާއާ ގުޅިގެން ނަޖުދާ ފުލުހަށް ހާޒިރު ކުރިއިރު، އެމްޑީޕީގެ މުޒާހަރާގައި އިސްކޮށް އުޅުއްވާ ގިނަ ބޭފުޅުން ވަނީ އެކި ފަހަރުމަތިން ފުލުހަށް ހާޒިރު ކޮށް ބަޔާން ނަގާފައެވެ.

މި ހުރިހާ ފަރާތްތަކަށް ވެސް ކޮށްފައި ވަނީ އެއް ތުހުމަތެކެވެ. އެއީ ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގު މަތީގައި އެއްވެ، އަޑު ގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރު ކުރުމަށާއި، އާންމު ވިޔަފާރީތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރުއަދާ ކުރުމަށްހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށް ކުރާ ތުހުމަތެވެ.

އެމްޑީޕީން ކުރިއަށް ގެންދާ ސުލްހަވެރި އިހުތިޖާޖާ ގުޅިގެން، ފުލުހުން އަންނަނީ ކޮންމެ ރެޔަކު އިހުތިޖާޖުގެ ބައިވެރިންނަށް ހުރަސްއަޅައި، ނުހައްޤު ބާރުގެ ބޭނުންކޮށް، އެތަކެއް އަނިޔާތަކެއް ދެމުން އަންނަ ކަމަށް އިހުތިތާޖުގެ ބައިވެރިން ތުހުމަތު ކުރެއެވެ.

ސުލްހަވެރިކަމާއެކު ކުރިއަށްދާ އިހްތިޖާޖުތަކުގައި ގޮވާލަމުން ގެންދަނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަމުން ވައުދުވީ ގޮތަށް ފްލެޓާ ގޯތި ލިބިފައިވާ މީހުންނަށް އެތަންތަން ހަވާލު ކުުރުމަށެވެ.

- ކޮމެންޓް