ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ކާފަ ދަރިކަލެއް ކަމަށްވާ އިޖާޒް ވަހީދް ގުޑްރިޗަށް އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ އިސް މަޤާމެއް ދީފިއެވެ.
އޭނާ ހަމަޖައްސާފައިވަނީ އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ ސެކަންޑް ސެކެޓަރީގެ މަޤާމަށެވެ. އެކަން އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ ވެބްސައިޓުން ފެނިގެންދެއެވެ.
އޭނާއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ރަޖިސްޓްރީ ކުރި ރަގްބީ ކުލަބްގެ ފައުންޑަރެވެ.
އޭނާ މި މަޤާމަށް އައްޔަނު ކުރައްވާފައިވަނީ ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ސަރުކާރު ކުންފުނިތަކާއި އިދާރާތަކުން އެކިއެކި ނަންނަމުގައި މީހުން ވަޒީފާއިން ވަކިކުރަމުންދާ ދަނޑިވަޅެއްގައެވެ.