ކ. މާލެ
|
15 މާރޗް 2025 | ހޮނިހިރު 13:26
ރައީސް ޑރ. މުަހައްމަދު މުއިއްޒު، މޫސްވެރިޔާ ހުސެއިން ފިޔާޒް މޫސާއަށް އިންޒާރު ދިނުން 15-03-2025
ރައީސް ޑރ. މުަހައްމަދު މުއިއްޒު، މޫސްވެރިޔާ ހުސެއިން ފިޔާޒް މޫސާއަށް އިންޒާރު ދިނުން 15-03-2025
ރާއްޖެއެމްވީ
ފިޔާޒް އަށް ބިރުދެއްކުން
ރާއްޖޭގެ މަޝްހޫރު ނޫސްވެރިޔާ ފިޔާޒް އަށް ރައީސް މުޢިއްޒު ބިރު ދައްކަވައިފި
ރައީސް، ފިޔާޒަށް ފޯނުން ގުޅުއްވީ ހުކުރު ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި
ގާނޫނީ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވިދާޅުވި
މުއިއްޒު ކޯފާވި ވަކި ސަބަބެއް ސާފެއް ނުވޭ

ރާއްޖޭގެ މަޝްހޫރު ނޫސްވެރިޔާ އަދި އަދަދު ނޫހުގެ ޗީފް އެޑިޓަރ ހުސެއިން ފިޔާޒް މޫސާ އަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޒާރު ދެއްވައިފި އެވެ.

ރާއްޖެއެމްވީއަށް އިތުބާރު ހުރި ގޮތަކަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ހުކުރު ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ރައީސް މުޢިއްޒު ވަނީ ފިޔާޒަށް ފޯނުން ގުޅައި އިންޒާރުދެއްވާ ބިރު ދައްކަވާފައެވެ.

ފޯނުން ގުޅުއްވާ ފިޔާޒް އާ ދެކޮޅަށް އެޅުއްވެން ހުރި ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމަށް މުއިއްޒު ވިދާޅުވި ކަމަށް އެނގިފައިވެއެވެ.

ފިޔާޒް އާއި ފިޔާޒުގެ އައުވާނުންނަށް ޤާނޫނީ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅުތައް އަޅާނަން.

ރައީސް ޑރ. މުހައްމަދު މުޢިއްޒު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިގޮތަށް ފިޔާޒަށް އިންޒާރު ދެއްވާފައިވާއިރު، އެމްޑީޕީން ހުކުރު ދުވަހުގެ ރޭ ސިލްސިލާކޮށް މަގުމަތީގައި އެއްވި އެއްވުމުގެ ތެރެއިން އަދަދުގެ ނޫހުގެ ޑިރެކްޓަރެއް ކަމަށްވާ، ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވެފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަމިއްލަ ފަރުދުންނަށް ގުޅުއްވާ ބިރު ދައްކަވާ ހިސާބަށް ދިއުމުން އެއީ ބޮޑު ވަރު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަކީ ނަފްސާނީ ގޮތުން ހަމަޖެހޭ ބޭފުޅެއް ނޫން، މިއީ ކަންބޮޑުވާ ކަމެއް.

ޤާނޫނީ ވަކީލު މަހްފޫޒު ސައީދު

ރައީސް މުއިއްޒު ކޯފާ ވެގެން ނޫސްވެރިޔަކަށް ބިރު ދެއްކެވީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފުވާގޮތް ވަނީ ނުވެފައެވެ.

- ކޮމެންޓް