ކ. މާލެ
|
12 މާރޗް 2025 | ބުދަ 10:37
އެމެރިކާގެ ވަފުދާއި، ޔުކެރްއިންގެ ވަފުދު ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުހާން އަދި އެ ޤައުމުގެ އިސްވެރިންނާ އެކު ޖިއްދާގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން
އެމެރިކާގެ ވަފުދާއި، ޔުކެރްއިންގެ ވަފުދު ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުހާން އަދި އެ ޤައުމުގެ އިސްވެރިންނާ އެކު ޖިއްދާގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން
ރޮއިޓަރސް
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ
ޔުކްރެއިން އަށް އިންޓެލިޖެންސް މައުލޫމާތު އަލުން ހިއްސާ ކުރުމަށް އެމެރިކާ އިން އެއްބަސްވެއްޖެ
މީގެ އިތުރުން، ޔުކްރެއިންގެ މުސްތަޤުބަލުގެ ރައްކާތެރި ކަމަށްޓަކައި، ދެމެހެއްޓެނިވި ސުލްޙައެއް ގާއިމު ކުރުމަށް އެމެރިކާ އިން މަސައްކަތް ކުރުމަށް ވެސް އެއްބަސްވެފައިވޭ.

އެމެރިކާ އާއި ޔުކްރެއިން އާއި ދެމެދު އިންޓެލިޖެންސް މައުުލޫމާތު ހިއްސާ ކުރުން އަލުން ފަށަން އެ ޤައުމުން އެއްބަސްވެފައިވާ ކަމަށް، ޔުކްރެއިން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާ ގައި ބޭއްވުނު މި މަޝްވަރާތަކުގައި އެމެރިކާގެ  ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ޔުކްރެއިންގެ ފޮރިން މިނިސްޓަރ އަންދްރީ ސިބިހާ ބައިވެރިވެ ވަޑައިގެންނެވި އެވެ. ނަމަވެސް މި ބައްދަލުވުމުގައި ރަޝިއާގެ އެއްވެސް މަންދޫބަކު ބައިވެރިވެފައެއް ނުވެ އެވެ.

ޔުކްރެއިން އިން 30 ދުވަހުގެ ވަގުތީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް އެ ޤައުމުގެ އިސްވެރިން ވަނީ ބުނެފަ އެވެ.

މި ހުއްޓުމަކީ ދެފަރާތުން އެއްބަސްވެވޭ ގޮތެއްގެ މަތިން އިތުރު ކުރެވިދާނެ ހުއްޓުމެއް ކަމަށާއި އަދި އެއީ ރަޝިއާގެ އެއްބާރުލުން ލިބެން ޖެހޭ ކަމެއް ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.

މީގެ އިތުރުން، ޔުކްރެއިންގެ މުސްތަޤުބަލުގެ ރައްކާތެރި ކަމަށްޓަކައި، ދެމެހެއްޓެނިވި ސުލްޙައެއް ގާއިމު ކުރުމަށް އެމެރިކާ އިން މަސައްކަތް ކުރުމަށް ވެސް އެއްބަސްވެފައިވެ އެވެ.

އަދި ޔުކްރެއިންގެ މަޢުދަނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް ވެސް އެއްބަސްވުމެއް ވެވޭނެ ކަމަށް މަޝްވާރަތަކަށް ފަހު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެންމެ ފަހުން، މޮސްކޯ އަށް އަމާޒުކޮށް ޔުކްރެއިން އިން ދިން ޑްރޯން ހަމަލާގައި ތިން މީހުން މަރުވެފައިވާ ކަމަށް ދެފަރާތުން ވެސް ބުނެފައިވެ އެވެ. ރަޝިއާގެ ސިފައިން ބުނާ ގޮތުގައި އެ ޤައުމުގެ އެކި ސަރަހައްދުތަކުން 337 ޑްރޯން ހުއްޓުވާފައިވެ އެވެ.

- ކޮމެންޓް