ނ. ވެލިދޫ އަށް ނަގޫރޯޅިއެއް އަރައި އާރުޑީސީ އިމާރާތެއްގެ ފުރާޅު އެއްލާލައިފިއެވެ.
ރާއްޖެއެމްވީއާއި ވާހަކަ ދެއްކި މީހަކު ބުނީ ކުއްލިއަކަށް އެރި ރޯޅިއާއެކު އާރުޑީސީގެ އިމާރާތެއްގެ ފުރާޅު އެއްލާލި ކަމަށެވެ. އެއީ ހޯމަ ދުވަހުގެ ރޭގެ 11 ގެ ފަހުން ހިނގި ހާދިސާއެއްކަމަށްވެއެވެ . މައުލޫމާތުދިން ފަރާތުން ބުނީ ފުރާޅު އެއްލާލި ގަޑީގައި އެތަނުގައި ތިބި ދެތިން މީހަކަށް ކުދި އަނިޔާ ލިބުނު ކަމަށެވެ.
ވާހަކަ ދެއްކި މީހާ ބުނީ އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށެވެ. އަނިޔާވި މީހުންގެ ތެރޭގައި މާބަނޑު މީހަކުވެސް ހިމެނެއެވެ. ނަމަވެސް އެމީހާގެ ހާލުވެސް ރަނގަޅެވެ.