Advertisement
ކ. މާލެ
|
24 ޖުލައި 2025 | ބުރާސްފަތި 12:21
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނ.ވެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނ.ވެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ތަރައްގީގެ މަޝްރޫއުތައް
ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އިންތިޚާބުކޮށްފައި ތިއްބަވާ ބޭފުޅުން އެއްބާރުލުން ބޭނުންވޭ: ރައީސް މުއިއްޒު
ސިޔާސީ ޕާޓީއަކީ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ
މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ އެއްބާރުލުމާއެކު މަސައްކަތްތައް މާ ފުރިހަމައަށް ކުރިއަށްގެން ދެވޭނެ
ޒާތީ އަމިއްލަ ކަންކަމަށްވުރެ ގައުމު އިސްކުރާ ބަޔަކަށް ވާންޖެހޭ

ތަރައްގީއަށް ކުރާ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދިއުމުގައި ރައްޔިތުން އިންތިޚާބުކޮށްފައި ތިއްބަވާ ބޭފުޅުން އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ނ. ވެލިދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ގައުމީ ލޯބީގެ ކުރިމަތީގައި ސިޔާސީ އޮއިވަރަކީ އެއްވެސް މާނައެއް އޮތް އެއްޗެއް ނޫން ކަމަށެވެ.

ތަރައްގީއަށް ކުރާ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދިއުމުގައި ރައްޔިތުން އިންތިޚާބުކޮށްފައި ތިއްބަވާ ބޭފުޅުންގެ އެއްބާރުލުން މުހިންމުކަން ހާމަކުރައްވަމުން، އެމަނިކުފާނު ވަނީ، އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ނިސްބަތްވެވެޑައިގަންނަވާ ސިޔާސީ ޕާޓީއަކީ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް އޮތް ހުރަހަކަށް ވެގެން ނުވާނޭ ކަމަށް ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ ފުރިހަމަ އެއްބާރުލުމާއެކު އެފަދަ މަސައްކަތްތައް މާ ފުރިހަމައަށް ކުރިއަށްގެންދެވޭނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ޚިޔާލުތަފާތުވިޔަސް، އެއްބާރުލުން ދެއްވުމަށް، އިންތިޚާބީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް، އެ މަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ޒާތީ، އަމިއްލަ ކަންކަމަށްވުރެ ގައުމު އިސްކުރާ ބަޔަކަށް ވާންޖެހޭކަން ހަނދުމަފުޅުކޮށްދެއްވަމުން، ދަރީންނަށް ދިވެހި ގައުމު ރައްކާތެރިކަމާއެކު ފޯރުކޮށްދެވެން އޮތީ، އަމިއްލަ ނަފުސަށްވުރެ ގައުމު އިސްކޮށް، ގައުމީ ލޯތްބާއި އިހުސާސް އަށަގެންނެވުނު މިންވަރަކުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ގައުމިއްޔަތު އިސްކޮށްގެން މެނުވީ ހަގީގީ ތަރައްގީ ނާންނާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

- ކޮމެންޓް