ކ. މާލެ
|
26 މެއި 2025 | ހޯމަ 13:39
ވެލިދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުން
ވެލިދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުން
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަ
ވެލިދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުންގެ ބަންދަށް 7 ދުވަސް
ދެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވޭ
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 7.7 ގުރާމު
މި މައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން

ނ.ވެލިދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ހޯމަ ދުވަހު ފުލުހުން ބުނީ، ވެލިދޫގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ދެ ގެއެއް ބަލައި ފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަަމަށެވެ.

އެއީ ނ. ވެލިދޫ / ފެނޭބާ، އިބްރާހީމް ޙަސަން (31އ) އާއި ނ. ވެލިދޫ / ސަނީސައިޑް، އަޙްމަދު ފަޟީލް (39އ) އެވެ.

މި މެއި މަހުގެ 23 ވަނަ ދުވަހު ވެލިދޫ ޕޮލިސް ސްޓޭޝަނުން ހިންގި މި އޮޕަރޭޝަނުގައި، އެ ދެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 7.7 ގުރާމު ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް