ކ. މާލެ
|
11 މާރޗް 2025 | އަންގާރަ 00:28
އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ - ޕީއެންސީއަށް ނިސްބަތްވާ އައްޑޫ މެންބަރުން ވޯޓެއް ނުދޭ
އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ - ޕީއެންސީއަށް ނިސްބަތްވާ އައްޑޫ މެންބަރުން ވޯޓެއް ނުދޭ
ރާއްޖެއެމްވީ
އައްްޑޫ ސިޓީ ކަރަންޓުގެ މައްސަލަ
އަޒާން ފިޔަވައި ޕީއެންސީގެ އައްޑޫގެ މެންބަރުން ވޯޓު ދިނީ އައްޑޫ އިން ކަރަންޓް ކެނޑޭ މައްސަލަ އޯކޭ ކަމަށް
އައްޑޫ ސިޓީން އިން ކަރަންޓު ކެނޑި މައްސަލަ ހައްލުނުވެ ރަމަޟާން މަހުގެ ދަތިތަކާއި ރައްޔިތުންގެ އަސާސީ ދިރިއުޅުމުގެ ހާލަތަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވޭ
އައްޑޫ ސިޓީގެ ތަމްސީލުކުރާ މެންބަރުންގެ ތެރެއިން އަޒާން ފިޔަވައި ސަރުކާރުގެ މެންބަރުން ވޯޓެއް ނުދޭ

އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ އެއީ މާބޮޑުކަމެއް ކަމަށް ނުދެކި، އައްޑޫ ސިޓީއަށް ނިސްބަތްވާ ޕީއެންސީގެ މެންބަރުން ކުއްލި މައްސަލަ ބޭރުކޮށްލަން ވޯޓުދީފިއެވެ.

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން އެ ސިޓީގެ ރައްޔިތުންގެ އަސާސީ ދިރިއުޅުމަށް ދަތިވާ ވަރަށް ކަރަންޓު ކެނޑެމުންދާތީ ކުއްލި މައްސަލަ ހުށަހެޅީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ނާޒިލް އެވެ.

އެ މައްސަލަ ބޭރުކޮށްލާފައި ވަނީ އެ މައްސަލަ އަށް ބަހުސްކުރަން ނުފެންނަ ކަމަށް 47 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އެ ކުއްލި މައްސަލަ އަށް ބަހުސްކުރަން ފެންނަ ކަމަށް 13 މެމްބަރަކު ވަނީ ވޯޓުދެއްވާފައެވެ. 13 މެންބަރުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 12 މެންބަރުންގެ އިތުރުން ޕީއެންސީ އަށް ނިސްބަތްވާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަހުމަދު އަޒާންއެވެ.

އައްޑޫގައި ކަރަންޓް ކެނޑި މައްސަލަ ހައްލުނުވެ ރަމަޟާން މަހުވެސް އެ ސިޓީގެ ރައްޔިތުން އަންނަނީ ތަކުލީފުތަކާއި ކުރިމަތިލަމުންނެވެ. އެގޮތުން ވަކި އެންގުމެއްނެތި ކަރަންޓް ކެނޑުމުގެ ސަބަބުން ގޭގައި ހިފާ ގެންގުޅޭ ކަރަންޓު އާލާތްތައް ހަލާކުވެ ރައްޔިތުން ވަނީ މި ރަމަޟާން މަހު މުޒާހަރާއަށްވެސް ނުކުމެފައެވެ.

ރަމަޟާން މަސް ފެށެންވާއިރަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެހެންނަމަވެސް ސަރުކާރުން އައްޑޫ ސިޓީ އަށް ކަރަންޓު ފޯރުކޮށްދިނުމުގައި އިހުމާލުވަމުންދާ ދިއުމުގެ ސަބަބުން މި ރަމަޟާން މަހު އެ ސިޓީގެ އާއްމުންގެ އަސާސީ ދިރިއުޅުމުގެ ހާލަތަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

ނަމަވެސް ކުއްލި މައްސަލައިގައި އައްޑޫ ސިޓީގެ ރައްޔިތުން ތަމްސީލުކުރާ މެންބަރުންގެ ތެރެއިން ސަރުކާރު މެންބަރުން ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓުދީފައި ނުވެއެވެ. ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ފިޔަވައި ދެން ބާކީ ތިބި، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވޯޓު ދީފައިނުވެއެވެ.

މީގެ އިތުރުން ކުއްލި މައްސަލަ ހުށަހެޅި ހޯމަ ދުވަހުގެ ޖަލްސާއަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ އިތުރުން ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު އަދި މީދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުއްރަހުމާން ހާޒިރުނުވެއެވެ.

- ކޮމެންޓް