ކ. މާލެ
|
10 މާރޗް 2025 | ހޯމަ 11:26
އެމެރިކާގެ މަންދޫބު ބޮލާ، ވިދާޅުވަނީ ހަމާސްއާ އިތުރަށް ވާހަކަ ދެއްކުމުގެ ފުރުސަތު އޮތް ކަމަށް
އެމެރިކާގެ މަންދޫބު ބޮލާ، ވިދާޅުވަނީ ހަމާސްއާ އިތުރަށް ވާހަކަ ދެއްކުމުގެ ފުރުސަތު އޮތް ކަމަށް
ރޮއިޓަރސް
އިސްރާއީލް
ހަމާސް އާއެކު ކުރެވުނު މަޝްވަރާތައް ކާމިޔާބު، ރަހީނުން ދޫކުރުމުގައި އެއްބަަސްވުމަކަށް އާދެވޭނެ: އެމެރިކާގެ މަންދޫބު
ބޯލާ ވިދާޅުވީ، 1997 އިން ފެށިގެން އެމެރިކާ އިން "ޓެރަރިސްޓް" ޖަމާއަތެއްގެ ގޮތުގައި ލިސްޓު ކޮށްފައިވާ ޖަމާއަތަކާއެކު މަޝްވަރާކުރުމަކީ އާދަޔާ ޚިލާފު ކަމެއް ކަމަށް.

ހަމާސް އާއެކު ކުރެވުނު މަޝްވަރާތަކުން ވަރަށް ފައިދާހުރި ކަމަށާއި، ރަހީނުން މިނިވަން ކުރުމުގެ އެއްބަސްވުމަކަށް އަންނަ ހަފްތާތަކުގެ ތެރޭގައި ވާސިލުވެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް، އެމެރިކާގެ މަންދޫބު އާދަމް ބޯލާ ވިދާޅުވެއްޖެ އެވެ. 

ސީއެންއެން އަށް ދެއްވި އިންޓަވިއުއެއް ގައި، އެމެރިކާ ރައްޔިތެއް ކަމަށްވާ ބޯލާ ވިދާޅުވީ، 1997 އިން ފެށިގެން އެމެރިކާ އިން "ޓެރަރިސްޓް" ޖަމާއަތެއްގެ ގޮތުގައި ލިސްޓު ކޮށްފައިވާ ޖަމާއަތަކާއެކު މަޝްވަރާކުރުމަކީ އާދަޔާ ޚިލާފު ކަމެއް ކަމަށެވެ.

ނަމަވެސް އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އޭނާ އިންކާރު ކުރައްވާފައި ނުވެ އެވެ. ޤަތަރުގެ ވެރިރަށް ދޯހާ ގައި ވޭތުވެ ދިޔަ ހަފްތާގައި ބޭއްވުނު މަޝްވަރާތަކުގައި، ހަމާސްގެ ބެލުމުގެ ދަށުގައި ހުރި އެމެރިކާ-އިސްރާއީލް ދެ ޤައުމުގެ ރައްޔިތެއް މިނިވަން ކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް ހަމާސްގެ އިސް އޮފިޝަލެއް ރޮއިޓަރސް އަށް މައުލޫމާތު ދީފައިވެ އެވެ.

ހަމާސްގެ ލީޑަރުގެ ސިޔާސީ ލަފާދޭ ފަރާތް ކަމަށްވާ ޠާހިރު އަލް-ނޮނޯ ވިދާޅުވީ، މި މަޝްވަރާތަކުގައި ފަލަސްޠީނު ރައްޔިތުންގެ މަސްލަހަތަށް ފައިދާވާ ގޮތަށް ހަމާސް އިން އިޖާބީ އަދި ބިނާކުރަނިވި ކަންތައްތަކެއް ފާހަގަކޮށް، ވާހަކަ ދައްކާފައިވަނެ ކަމަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާގައި 251 މީހުން ރަހީނުކުރި އެވެ. މިވަގުތު އަދިވެސް 58 ރަހީނުން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ކަމަށް ލަފާކުރެވެ އެވެ.

މިކަމާ ގުޅިގެން އިސްރާއީލުން ޣައްޒާ އަށް ދިން ހަމަލާތަކުގައި ގިނަ އަދަދެއްގެ ފަލަސްޠީނު ރައްޔިތުން ގެދޮރު ދޫކޮށް ފިލަން މަޖުބޫރުވެފައިވެ އެވެ.

ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ ފިޔަވަހީ ނިމުމާއެއެކު، ދެވަނަ ފިޔަވަހި ފެށުމާ ބެހޭގޮތުން ދެ ފަރާތުން ދެބަސްވެފައިވާ އިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަމާސް އަށް އިންޒާރު ވެސް ދެއްވައިފަ އެވެ. 

- ކޮމެންޓް