ކ. މާލެ
|
6 މާރޗް 2025 | ބުރާސްފަތި 00:01
ކުއްލި ހާލަތްތަކުގައި ބޭނުން ކުރުމަށް ހެދި އިންޖީނުގެ
ކުއްލި ހާލަތްތަކުގައި ބޭނުން ކުރުމަށް ހެދި އިންޖީނުގެ
ސްޓެލްކޯ
ސްޓެލްކޯގެ ކަރަންޓް ޚިދުމަތް
ކުރިއަށްއޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ: ސްޓެލްކޯ
ޑިސްކައުންޓްގެ ގޮތުގައި 160 މިލިއަން ރުފިޔާ ޚަރަދުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައި

މޫސުން ރަނގަޅުވުމާއެކު، ރޯދަމަހު ފުރަތަމަ ފަހަރަށް މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުންކުރި މިންވަރު 92 މެގަވޮޓް ފަހަނާޅާފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު ”އެކްސް“ މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނީ ކުރިއަށްއޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ކަމުން ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއްދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

ފާއިތުވީ ދުވަސްތަކުގައި މާލެ ސަރަހައްދަށް ވިއްސާރަކުރުމުން، ކަރަންޓު ބޭނުންކޮށްފައިވާ އަދަދު މަދުކަން ސްޓެލްކޯއިން މީގެ ކުރިން ވަނީ ފާހަގަ ކޮށްފައެވެ.

ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން އެއް ބިލެއްގެ ގޮތުގައި މުޅި ރޯދަ މަހުގެ ޔޫސޭޖަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ޑިސްކައުންޓް ދޭން ވަނީ ނިންމާފައެވެ.

ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދޭން ސަރުކާރުން ނިންމީ ރޯދަ މަހާއި ދިމާކޮށް ކުރަންޖެހޭ ޚަރަދުތަކަށް ލުޔެއް ހޯދައިދިނުމަށެވެ. އެގޮތުން ޑިސްކައުންޓްގެ ގޮތުގައި 160 މިލިއަން ރުފިޔާ ޚަރަދުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ

- ކޮމެންޓް