Advertisement
ކ. މާލެ
|
8 ނޮވެންބަރ 2025 | ހޮނިހިރު 12:26
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ކާރު ދުވާރު މައްޗަށް އަރާފައި
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ކާރު ދުވާރު މައްޗަށް އަރާފައި
ރާއްޖެއެމްވީ
އެކްސިޑެންޓް
ހުޅުމާލޭގައި ކާރެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓު: ކާރުގައި ތިބި ދެ މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކޮށްފި
މި އެކްސިޑެންޓު ގައި ކާރުގެ ކުރީކޮޅު އޮތި ހަލާކުވެފައިވާއިރު، ކާރު ޖެހުނު ސައިކަލަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވޭ
މި އެކްސިޑެންޓް ގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވޭ
ހައްޔަރު ކުރީ 29 އަހަރުގެ ދިވެހި ފިރިހެނަކާއި، 26 އަހަރުގެ ދިވެހި ފިރިހެނެއް

ހުޅުމާލޭގައި ކާރެއް ކޮންޓްރޯލުން ނައްޓައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއިރު، ކާރުގައި ތިބި ދެ މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ތުހުމަތު ކޮށްފި އެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓް ރިޕޯޓު ކޮށްފައިވަނީ 8 ނޮވެންބަރު 2025 ވަނަ ދުވަހު ހެނދުނު 6:00 ގައި ކަމަށެވެ.

މި އެކްސިޑެންޓް ހިނގީ، ހުޅުމާލެ ފޭސް-1 ގައި ނިރޮޅު މަގުން ދުއްވާފައި ދިޔަ ކާރެއް، ކުރިމަތިން އައި ކާރަކުން ނެއްޓެން އުޅެމުންގެ ތެރޭގައި ސައިކަލެއްގައި ޖެހި ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ، އެ ކާރު ކޮންޓްރޯލް ނުވެ، ފިހާރައެއްގައި ޖެހިފައިވާ ކަމަށެވެ.

އާއްމުވެފައިވާ ވީޑިއޯތައް ފެންނަ ގޮތުގައި، އެ ކާރު އޮތީ މަގުގެ ދުވާރު މައްޗަށް އަރާފަ އެވެ. ފިހާރައިގެ ބިއްލޫރިގަނޑުގައި ކިރިޔާ ނުޖެހި އެވެ.

މަންޒަރު ދުށް މީހުން ބުނީ، ކާރު ދުއްވާފައި ދިޔައީ މަޑުން ކަމަށާއި، އެކްސިޑެންޓްވީ އެހެން ކާރަކުން ނެއްޓެން އުޅުމުގެ ތެރޭގައި ކަމަށެވެ. މި އެކްސިޑެންޓު ގައި ކާރުގެ ކުރީކޮޅު ހަލާކުވެފައިވާއިރު، ކާރު ޖެހުނު ސައިކަލަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވެ އެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މި އެކްސިޑެންޓް ގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކާރުގައި ތިބި ދެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށާއި، އެއީ 29 އަހަރުގެ ދިވެހި ފިރިހެނަކާއި، 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މާލެ ސިޓީގައި އެކްސިޑެންޓްތައް ހިނގާ މިންވަރު ވަނީ އިތުރުވެފަ އެވެ. ޚާއްސަކޮށް ހުޅުމާލޭގަ އެވެ. މިފަހުން ވެސް ހިނގި އެކްސިޑެންޓުތަކުގައި ބައެއް މީހުންގެ ފުރާނަ ގެއްލިފައިވެ އެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 2،500 ށް ވުރެ އެކްސިޑެންޓް ރިޕޯޓުކޮށްފައިވެ އެވެ.

- ކޮމެންޓް