ކ. މާލެ
|
5 މާރޗް 2025 | ބުދަ 22:22
މިފްކޯގެ ސީއީއޯގެ މަގާމަށް އައްޔަންކުރި ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު
މިފްކޯގެ ސީއީއޯގެ މަގާމަށް އައްޔަންކުރި ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު
igmh
މިފްކޯގެ ސީއީއޯ އަކަށް ފަރުހަތު
މިފްކޯގެ ސީއީއޯ އަކަށް ފަރުހަތު އައްޔަންކޮށްފި
ފަރުހަތަކީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ސިފައިންގޭގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ބޭފުޅާ
ފަރުހަތު މަގާމަށް އައްޔަންކޮށްފައިމިވަނީ އެ މަގާމުގައި ހުންނެވި ޑރ. ވިޓާލީ ލިއުބިމޮވް މިމަހުގެ 3ގައި އެ މަގާމުން ވަކި ކުރުމަށްފަހު

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަގާމަށް ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު އައްޔަންކޮށްފިއެވެ.

ބުދަ ދުވަހު ޕްރައިވެޓައިޒޭޝަން ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ބުނީ މިފްކޯގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމަށް މއ. އަޅިވިލާގެ، ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު އައްޔަންކޮށްފައި ވާކަމަށެވެ.

ފަރުހަތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސިފައިންގޭގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ. ސިފައިންގެ ޚިދުމަތުން ރިޓަޔާ ކުރެއްވީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި، 29 ފެބްރުއަރީ 2012 ގައެވެ. އޭގެފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗުގެ ސީއީއޯގެ މަގާމު އަދާކުރެއްވިއެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަގާމަށް ފަރުހަތު އައްޔަންކޮށްފައިމިވަނީ އެ މަގާމުގައި ހުންނެވި ޑރ. ވިޓާލީ ލިއުބިމޮވް މިމަހުގެ 3 ވީ ހޯމަ ދުވަހު އެ މަގާމުން ވަކި ކުރުމަށްފަހު އެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ހާމަކޮށްފައި ނުވެއެވެ.

ޑރ. ވިޓާލީ އެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. ވިޓާލީ އަކީ މިފްކޯއަށް އައްޔަންކުރެއްވި ބޭރުގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރެވެ.

- ކޮމެންޓް