ކ. މާލެ
|
28 ފެބްރުއަރީ 2025 | ހުކުރު 18:00
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)
މިހާރު "ދައުލަތުގެ ބުރުސޫރަ ރީތިކުރަންށޭ ޖަހާފަ ފޮނުވިޔަސް" މަޖިލީހުން ފާސްކުރާނެ: ރައީސް ޔާމީނު
ހައްލުވަނީ ވެސް ރައީސް މުޢިއްޒުގެ މަސްލަހަތު އޮތް ކަންކަން އެކަނި

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިފައި އޮތުމުގެ އިތުރުން މެމްބަރުންގެ ޤާނޫނީ ބާރު ވެސް ފުރިހަމަނުވާ ވަގުތެއްގައި "މިއުޅެނީ ދިވެހި ދައުލަތުގެ ބުރުސޫރަ ރީތިކުރަންށޭ" ޖަހާފައި ފޮނުވިޔަސް އޮތް ގޮތަށް ފާސްކުރާނެ ކަމަށް ރައީސް އަބުދުﷲ ޔާމީނު އަބުދުލްގައްޔޫމު ވިދާޅުވެއްޖެއެވެ. ޔާމީނު އެގޮތަށް ވިދާޅުވީ ބުރާސްފަތިދުވަހުގެރޭ ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީނު ވިދާޅުވީ މަޖިލީހަށް ހުށަހަޅާ ބިލުތައް ފާސްކުރަން އަތްތައް އުފުލިގެންދާއިރު ބިލުގައި އޮންނަ އެއްޗެއް މެމްބަރުން ބައްލަވާކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އެއްވެސްތާކުންތާކު ޖެހޭ އެއްޗަކަށް ނުވިޔަސް ސަރުކާރުން ހުށަހަޅާ ގޮތަށް ފާސްކޮށް ނިންމާތަން ފެންނަމުންދާ ކަމަށެވެ.

ރައީސް ޔާމީނު ވިދާޅުވީ ރަމްޟާން މަހަށް ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުކުރާ ވާހަކަ ސަރުކާރުން ދެއްކެވި ކަމަށާ، އެހެން ނަމަވެސް ފެންނަންއޮތީ ޝަރުއީ ނިޒާމަށް ހަމަލާދިން މަންޒަރުކަމަށް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ކަންކަން ކުރައްވާ ގޮތުން މިހާރު ރައްޔިތުންނަކީ ވެސް ރައީސް މުޢިއްޒު ކަމަށް ޤަބޫލުކުރެއްވޭ ކަމަށް ޔާމީނު ވިދާޅުވިއެވެ.

ރައްޔިތުންނަކީ މުޢިއްޒު، ރައްޔިތުންކިޔާ ބަޔަކު މިހާރު ނޫޅޭ،

ރައީސް ޔާމީނު

ރައީސް ޔާމީނު ވިދާޅުވީ އާންމު ރައްޔިތުންގެ ހާލަތު ރަނގަޅުކުރާ ނަމުގައި ސަރުކާރުން ކުރަމުންގެންދާ ކަންތައްތަކުން ވެސް ރަނގަޅުވާތަން ފެންނަނީ ރައީސް މުޢިއްޒުގެ ހާލަތު އެކަނި ކަމަށެވެ. އަދި ހައްލުވެގެންދަންޏާ ހައްލުވަނީ ވެސް ރައީސް މުޢިއްޒުގެ މަސްލަހަތު އޮތް ކަންކަން ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީނު ވިދާޅުވީ ރައީސް މުޢިއްޒަށް މިވަގުތު ކުރައްވަން ޖެހިވަޑައިގެންފައި އޮތްހާ ވެސް ކަމަކީ އެއިންނެވި ގޮނޑި ދިފާޢު ކުރެއްވުން ކަމަށެވެ.

- ކޮމެންޓް