ކ. މާލެ
|
27 ފެބްރުއަރީ 2025 | ބުރާސްފަތި 12:34
ތިން ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލާގައި އިތުރު މައުލޫމާތު ހޯދުމަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ޖޭއެސްސީގައި
ތިން ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލާގައި އިތުރު މައުލޫމާތު ހޯދުމަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ޖޭއެސްސީގައި
ރާއްޖެ އެމްވީ
ތިން ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލަ
ތިން ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލާގައި އިތުރު މައުލޫމާތު ހޯދުމަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ޖޭއެސްސީއަށް
ޖޭއެސްސީއަށް ގިނަ އަދަދެއްގެ ވަކީލުން ހާޒިރުވެފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ހާއިރު
ބާ ކައުންސިލްގެ ފަރާތުން އެކޮމިޝަންގައި އިންނަވާ ވަކީލު ވޯޓުދެއްވާފައިވާ ގޮތް ސާފުކޮށްދިނުމަށް އެދިފައިވޭ
އެ މައްސަލައިގެ ބައްދަލުވުމުގެ މައުލޫމާތު ސާފުކޮށްދިނުމަށް ވަކީލުން ސިޓީ ހުށަހަޅާފައިވޭ

ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިން ސަސްޕެންޑް ކޮށްފައިވާ ސްޕްރީމްކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލާގައި އިތުރު މައުލޫމާތު ހޯދުމަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ޖޭއެސްސީއަށް ހާޒިރުވެއްޖެއެވެ.

ޖޭއެސްސީއަށް ގިނަ އަދަދެއްގެ ވަކީލުން ހާޒިރުވެފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ހާއިރުއެވެ.

ވަކީލުން އެދިފައިވަނީ އެ ކޮމިޝަނުން ސަސްޕެންޑް ކޮށްފައިވާ ސްޕްރީމްކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަ ކުރިއަށް ދިޔަ ބައްދަލުވުމުގައި ބާ ކައުންސިލްގެ ފަރާތުން އެކޮމިޝަންގައި އިންނަވާ ވަކީލު އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިތޯއާއި، ވޯޓު ދެއްވާފައިވާ ގޮތް ސާފުކޮށްދިނުމަށެވެ. އަދި އެ ބައްދަލުވުމުގެ މައުލޫމާތު ސާފުކޮށްދިނުމަށް ސިޓީ ހުށަހަޅާފައިވެއެވެ.

ވަކީލުން ޖޭއެސްސީއަށް ހުށަހެޅި ސިޓީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ 26 ފެބްރުއަރީ 2025 ވީ ބުދަ ދުވަހުއެވެ. ސަސްޕެންޑް ކުރުމަށް ޖޭއެސްސީގައި ބޭއްވުނު ކުއްލި ބައްދަލުވުމަށް ކޮމިޝަނުގައި ހިމެނޭ ކޯޓުތަކުގެ ފަނޑިޔާރުންނަށް ހާޒިރުވުމަށް ވަގުތު ލިބިވަޑައިގެންފައެއްނުވެއެވެ.

ސަސްޕެންޑް ކުރި ތިން ފަނޑިޔާރުންނަކީ ފަނޑިޔާރު ހުސުނުއް ސުޢޫދާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ޑރ. އަޒްމިރަލްދާ ޒާހިރު އެވެ. އެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ އޭސީސީން ފަނޑިޔާރުންނާއި ގުޅުން ހުރި ޚިޔާނާތުގެ މައްސަލަ އެއް ބަލާ ކަމަށް ސިޓީއަކުން އެ ކޮމިޝަނަށް އަންގާފައިވާތީ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

- ކޮމެންޓް