ކ. މާލެ
|
23 ފެބްރުއަރީ 2025 | އާދީއްތަ 00:57
ހުލްހުމަލޭ ގައި ބިދޭސީންތަކެއް ކަނާ ވިހާވެގެން ފުލުހުން ހަރަކާތްތެރި ވަނީ
ހުލްހުމަލޭ ގައި ބިދޭސީންތަކެއް ކަނާ ވިހާވެގެން ފުލުހުން ހަރަކާތްތެރި ވަނީ
އެމްވީކްރައިސިސް
ކާނާ ވިހަވުން
އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ތިބި ބިދޭސީންތަކެއް ކާނާ ވިހަވެގެން ފަރުވާ ދެނީ
ހުޅުމާލޭގައި ބިދޭސީންތަކެއް ކާނާ ވިހަވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނީ
17 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދޭ

ހުޅުމާލެ ފޭސް ދޭއްގައި ހުންނަ މޯލްޑިވްސް އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ބިދޭސީންތަކެއް ކާނާ ވިހަވެގެން ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހޮނިހިރު ދުވަހުގެ ރޭ "ރާއްޖެ އެމްވީ "އަށް ވިދާޅުވީ، ހުޅުމާލޭ ފޭސް ދޭއްްގައި ހުންނަ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ތިބި ބަޔަކު ކާނާ ވިހަވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މައުލޫމާތު ލިބޭވަރަކުން މީޑިއާތަކާއި ހިއްސާކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

ސޯޝަލް މީޑިއާގައި ޑިޓެންޝަން ސެންޓަރުން ބަޔަކު ނެރެގެން ގެންދާ މަންޒަރު ފެންނަ ފޮޓޯތައް ވެސް ދަނީ ދައުރުވަމުންނެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ވެސް ވަނީ ކާނާ ވިހަވެެގެން އެ ހޮސްޕިޓަލަށް ބަޔަކު ގެނެސް ފަރުވާ ދެމުންދާ ކަން ރާއްޖެ އެމްވީއަށް ކަށަވަރުކޮށްދީފައެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ރާއްޖެ އެމްވީއަށް ވިދާޅުވީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބި ބިދޭސީންގެ ތެރެއިން ބަޔަކު މިރޭ ހޮސްޕިޓަލަށް ގެންދިޔައީ ކާނާ ވިހަވުމުގެ ސަބަބުން ކަމަށެވެ.

އެގޮތުން، މި ވަގުތު 17 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. އަދި ސީދާ ކާނާ ވިހަވެފައިވަނީ ކިތައް މީޙުންކަން ބުނަން ނޭނގޭ ކަމަށާއި އެކަން އިތުރަށް ބެލުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

އަދި މި ކަމުގައި އަސަރުކޮށްފައިވާ ބިދޭސީންނަށް ވީ އެންމެ އަވަސް ފަރުވާއެއް ފޯރުކޮށްދިނުމަކީ މި ވަގުތު އެންމެ އިސްކަމެއް ދީގެން ކުރެވެމުންދާ ކަންތައް ކަމަށެވެ.

އިތުރު މައުލޫމާތު ލިބޭވަރަކުން ހިއްސާކުރަމުން ގެންދާނޭ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

- ކޮމެންޓް