ކ. މާލެ
|
19 ފެބްރުއަރީ 2025 | ބުދަ 17:53
އަމްޖަދު މުސްތަފާ
އަމްޖަދު މުސްތަފާ
ރައީސް އޮފީސް
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ގެ މަގާމަށް އަމްޖަދު މުސްތަފާ ހަމަޖައްސައިފި
ޖުމްލަ މުސާރައިގެ ގޮތުގައި 47،500 ރުފިޔާ ލިބޭ މި މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަސް

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް މ.ރަންދޫވިލާ، އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ހަމަ ޖައްސައިފިއެވެ.

އަސާސީ މުސާރައިގެ ގޮތުގައި 30،500 ރުފިޔާ، އަދި އެހެނިހެން އިނާޔާތްތަކާއެކު ޖުމްލަ މުސާރައިގެ ގޮތުގައި 47،500 ރުފިޔާ ލިބޭ މި މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.

އަމްޖަދު މުސްތަފާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ޝަރީއާ އެންޑް ލޯއިން ފުރަތަމަ ޑިގްރީ އަދި އިނގިރޭސި ވިލާތުން މާސްޓާސް ޑިގުރީ ހާސިލުކުރައްވާފައިވާ ފަރާތަކަށް ވުމުގެ އިތުރުން، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްކަމާއި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބޯޑު ޑިރެކްޓަރުކަމުގެ މަގާމު އަދާ ކުރައްވާފައި ވެއެވެ.

މީގެ ކުރިން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމުގައި ހުންނެވީ، އަލްއުސްތާޛާ ޢާއިޝަތު ރިޒުނާއެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު އިސްތިއުފާ ދެއްވާފައެވެ.

- ކޮމެންޓް