ކ. މާލެ
|
6 މާރޗް 2025 | ބުރާސްފަތި 21:21
ސުޕްރީމްކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު
ސުޕްރީމްކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު
ރައީސް އޮފީސް
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން
ފަނޑިޔާރުންގެ މައްސަލަތައް ބަލަނީ ނެތް ހާލަތެއް އުފައްދައިގެން ނުފޫޒު ފޯރުވަން: އަޒްމިރާލްދާ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކޮށް ފަނޑިޔާރުންގެ މައްސަލަތައް ބަލަނީ ނެތް ހާލަތެއް އުފައްދައިގެން ނުފޫޒު ފޯރުވަން
ޑރ. އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނެ ޖޭއެސްސީން ދަނީ އަޒްމިރާލްދާގެ ސުލޫކީ މައްސަލައެއް ބަލަންފަށާފަ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކޮށް ފަނޑިޔާރުންގެ މައްސަލަތައް ބަލަނީ ނެތް ހާލަތެއް އުފައްދައިގެން ނުފޫޒު ފޯރުވަން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވިދާޅުވެއްޖެ އެވެ.

ޑރ. އަޒްމިރާލްދާ ގެ ފަރާތުން މިކަން ހާމަ ކުރީ ބުރާސްފަތި ދުވަހު ޑރ. އަޒްމިރާލްދާ ޒާހިރުގެ ޤާނޫނީ ޓީމުގެ ފަރާތުން ނެރުނު ބަޔާނެއްގައިއެވެ.

ފަނޑިޔާރު އަޒްމިރާލްދާއާ ގުޅޭ ގޮތުން ޖިނާއި ތަހުގީގެއް ހިންގަމުންދާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ. އަދި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނެ ޖޭއެސްސީން ދަނީ އަޒްމިރާލްދާގެ ސުލޫކީ މައްސަލައެއްވެސް ބަލަމުންނެވެ.

އެހެންވެ ފެބްރުއަރީ 26 ވަނަ ދުވަހުން ފެށިގެން އަޒްމިރާލްދާ ހިމެނޭޙެން ފަނޑިޔާރު މަހާޒު އަލީ އަދި ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ކުއްލި ގޮތަކަށް ސަސްޕެންޑް ކުރިއެވެ. އެކަމަކު ރައީސް މުއިއްޒު ގާނޫނުއަސާސީ އާ ޚިލާފުވެއްޖެ ކަމަށް ވިދާޅުވެ ކޯޓަށް ނުފޫޒު ފޯރުވަން ސަރުކާރުން ކުރާ މަސައްކަތައް އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށް ވިދާޅުވެ، ފަނޑިޔާރުކަމުގެ މަގާމުން ސުއޫދު ވަނީ އިސްތިއުފާދެއްވާފަ އެވެ.

އަޒްމިރާލްދާގެ ވަކީލުންގެ ޓީމުން އާއްމުކުރި ނޫސްބަޔާނުގައި ބުނެފައި ވަނީ އަޒްމިރާލްދާ ސަސްޕެންޑުކޮށް، ހަމަ އެ ދުވަހުގެ ވަގުތެއްގައި އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އަންގާފައިވާއިރު، އެ މައްސަލަތަކަކީ އަސްލެއް އަދި އަސާސެއް ނެތި ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ހާލަތެއް ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤު ކުރަމުންގެންދާ ޖިނާއީ މައްސަލައަކާ ގުޅިގެންކަމަށް ބުނެ 26 ފެބުރުއަރީ 2025 ގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ސަސްޕެންޑް ކޮށް، ހަމަ އެދުވަހުގެ ވަގުތެއްގައި ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާ ކަަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން އަންގާފައިވާއިރު، މި މައްސަލައަކީ އަސްލެއް، އަސާސެއްނެތި ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ޙާލަތެއްކަމުގައި ދެކެމެވެ.

ޑރ. އަޒްމިރާލްދާ ޒާހިރުގެ ޤާނޫނީ ވަކީލުންގެ ފަރާތުން ނެރުނު ނޫސް ބަޔާން

ޖިނާއީ ކުށެއްގެ ތުހުމަތު ވެސް ނެތީސް ހައްޔަރު ކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށް ނުފޫޒު ފޯރުވިކަމަށް ބުނެ ކުރާ ތުހުމަތަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށާއި އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅައި ނުފޫޒެއް ފޯރުވާފައި ނުވާނެކަން ބަޔާންކޮށް އަޒްމިރާލްދާ ޖޭއެސްސީ އަށް ސިޓީއެއް ވެސް ފޮނުއްވި އެވެ.

26 ފެބްރުއަރީ 2025 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ތާވަލު ކުރެވިފައި އޮތް އަޑުއެހުމަކަށް ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ސަސްޕެންޑު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައި ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފަނޑިޔާރު ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަމުން ގެންދާކަމަށް ބުނެ.

ޑރ. އަޒްމިރާލްދާ ޒާހިރުގެ ޤާނޫނީ ވަކީލުންގެ ފަރާތުން ނެރުނު ނޫސް ބަޔާން

ނަމަވެސް އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށް ބުނެ ފަނޑިޔާރު ސަސްޕެންޑުކުރިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އެ ކޮމިޝަނުން ފަނޑިޔާރުގެ މައްސަލައެއް ބަލަމުންދާ ކަމެއް ނުވަތަ އެއީ ކޮން ބާވަތެއްގެ ކުށަކާ ގުޅޭ މައްސަލައެއް ކަމެއް އަންގާފައި ނުވާކަން އަޒްމިރާލްދާގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ފާހަގަކުރި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ދޫކޮށްލަން ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުކުރުމަށް ވަނީ ޗިޓް ވެސް ފޮނުވާފަ އެވެ. އޭނާ ޖޭއެސްސީ އަށް ހާޒިރުކުރަން ތާވަލުކޮށްފައި ވަނީ އަންނަ އާދިއްތަ ދުވަހަށެވެ.

- ކޮމެންޓް