ކ. މާލެ
|
4 ފެބްރުއަރީ 2025 | އަންގާރަ 11:40
އެސްޓަން ވިލާގެ އެއްބަސްވުމުގައި ރަޝްފޯޑު ސޮއި ކުރަނީ
އެސްޓަން ވިލާގެ އެއްބަސްވުމުގައި ރަޝްފޯޑު ސޮއި ކުރަނީ
ގޯލް.ކޮމް
އެސްޓަން ވިލާ
ލޯނު އެއްބަސްވުމެއްގެ ދަށުން ރަޝްފޯޑު އެސްޓަން ވިލާ އަށް
އެސްޓަން ވިލާ އާއެކު ރަޝްފޯޑު ސޮއި ކޮށްފައިވާ ލޯނު އެއްބަސްވުމުގެ މުއްދަތު ހަަމަވުުމުން، ދާއިމީ އެއްބަސްވުމެއް އެކުލަވާލެވޭ މާއްދާ ވެސް އެ އެއްބަސްވުމުގައި ވަނީ ހިމަނައިފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އައި އިންގްލެންޑުގެ ފޯވާޑު، މާކަސް ރަޝްފޯޑު ލޯނު އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާ އަށް ބަދަލުވެއްޖެ އެވެ.

އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ ލޯނު އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާ އަށް ބަދަލުވީ މިހާރު ކުރިއަށްދާ ސީޒަންގެ ނިޔަލަށެވެ. ނަމަވެސް އެސްޓަން ވިލާ އާއެކު ރަޝްފޯޑު ސޮއި ކޮށްފައިވާ ލޯނު އެއްބަސްވުމުގެ މުއްދަތު ހަަމަވުުމުން، ދާއިމީ އެއްބަސްވުމެއް އެކުލަވާލެވޭ މާއްދާ ވެސް އެ އެއްބަސްވުމުގައި ވަނީ ހިމަނައިފަ އެވެ.

ޔުނައިޓެޑުގައި ހުރުމަށްފަހު ރަޝްފޯޑު އެސްޓަން ވިލާ އަށް މި ބަދަލުވީ، ޔުނައިޓެޑުގައި އޭނާ އަށް އެކަށީގެންވާ މިންވަރަށް ކުޅުމުގެ ފުރުސަތު ނުލިބޭތީ އެވެ. ޔުނައިޓެޑުގެ ކޯޗުކަމުން އެރިކް ޓެން ހާގް ވަކިކޮށް އެ މަގާމަށް ރުބެން އަމޯރިމް ހަމަޖެއްސި ފަހުން، ޔުނައިޓެޑުގެ މެޗުތަކުން ރަޝްފޯޑަށް ފުރުސަތު ނުދީ، އޭނާ ހުރީ އެކަހެރިކޮށްފަ އެވެ. އެކަމާ ގުޅިގެން ރަޝްފޯޑާއި އަމޯރިމްގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

ޔުނައިޓެޑުން 2015 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި ރަޝްފޯޑަށް އެ ޓީމުން ފުރުސަތު ނުދޭތީ އެކަމާ ގުޅިގެން އެކި ފަހަރު މަތިން ނޫސްވެރިން ވަނީ އަމޯރިމްއާ ސުވާލު ވެސް ކޮށްފަ އެވެ. ރަޝްފޯޑު ވަނީ މިހާތަނަށް އޭނާ ޔުނައިޓެޑަށް ކުޅެދިން 426 މެޗުގައި 138 ލަނޑު ޖަހައިފަ އެވެ. އަދި ޔުނައިޓެޑާ އެކު އޭނާ ވަނީ ހަ ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އެފްއޭ ކަޕް ދެ ފަހަރު، ކަރަބޯ ކަޕް އެއް ފަހަރު، އެފްއޭ ކޮމިއުނިޓީ ޝީލްޑު އެއް ފަހަރު އަދި ޔުއެފާ ޔޫރޮޕާ ލީގު އެެއް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.

- ކޮމެންޓް