ކ. މާލެ
|
1 ފެބްރުއަރީ 2025 | ހޮނިހިރު 23:25
ސެޕްޓެމްބަރު 2015 ގައި ރާއްޖެ އާއި ޗައިނާ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުމެއް ހެދުމާ ބެހޭ ގޮތުން މަޝްވަރާތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުން
ސެޕްޓެމްބަރު 2015 ގައި ރާއްޖެ އާއި ޗައިނާ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުމެއް ހެދުމާ ބެހޭ ގޮތުން މަޝްވަރާތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުން
ބްރިކްސް
ރާއްޖެ-އިންޑިއާ ގުޅުން
މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު ނުރައްކަލުގެ ތެރެއަށް ވެއްޓިދާނެ: އިންޑިއާގެ ފޮރިން މިނިސްޓްރީ
އިންޑިއާ އިން ބުނެފައިވަނީ ރާޢްޖެ އާ ބެހޭ ގޮތުން އެ ގައުމުން ސިޔާސަތުތައް ކަނޑައެޅުމުގައި މިކަންކަމުގެ މައްޗަށް ބަލާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށް.

ދިވެހިރާއްޖެއިން މި ފަހުން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖެ އަށް އިޤްތިޞާދީ ގޮތުން ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ހުކުރު ދުވަހު އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

އިންޑިއާގެ ކަންބޮޑުވުން އެ އެއްބަސްވުން ތަކާ މެދު ފާޅު ކުރި އިރު ޗައިނާ އާއި ތުރުކީ ގެ ނަން ގެނެސްފައެއް ނުވެއެވެ.

ޖެނުއަރީ 1 ވަނަ ދުވަހު ޢަމަލުކުރަން ފެށުނު ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން، ދިވެހިރާއްޖެ އަށް މުދާ އެތެރެކުރާ މައިގަނޑު އެއް ޤައުމު ކަމުގައިވާ ޗައިނާ އާއި ދިވެހިރާއްޖެ އާ ދެމެދު ކުރެވޭ ވިޔަފާރީގައި ރާއްޖެ އަށް ދަރަނި އިތުރުވެ، ކަސްޓަމްސް ޑިއުޓީގެ ގޮތުގައި ލިބޭ އާމްދަނީ މަދުވެ، އަދި ސަޕްލައި ޗެއިން މެދުކެނޑުމުގެ ނުރައްކަލަށް ހުށަހެޅިދާނެ ކަމަށް ތަޖުރިބާކާރުން ކުރިން ބުނެފައިވެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖެ އިން ވަނީ ފާއިތުވި އަހަރު ތުރުކީއާ އެކުވެސް ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ދެ ފަރާތުންވެސް ޑިއުޓީ ކުޑަ ކުރުން ނުވަތަ މުޅިން ކަނޑާލުން ހިމެނޭ ކަމަށް މުއިއްޒުގެ ސަރުކާރުން ހާމަ ކޮށްފައި ވެއެވެ.

"ފަހަކަށް އައިސް ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ދިވެހި ސަރުކާރަށް ލިބޭ އާމްދަނީ މަދުވާނެ ކަމަށް ބެލެވޭތީ، އެއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އަދި ދުރު ރާސްތާ ގައި ގައުމުގެ މާލީ ހާލަތު ހަމައަކަށް އަޅުވަން ބަލާއިރު ރަނގަޅު ކަމެއް ނޫނެވެ،" އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ނޫސްވެރިންނަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސިޔާސަތުތައް އެކުލަވާލާއިރު އެކަންކަމަށް ބަލާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ދިވެހިރާއްޖެ އިން ދައްކަންޖެހޭ ދަރަނީގެ ބޮޑު ބައެއް އަދާކުރަން ޖެހެނީ ޗައިނާ އަދި އިންޑިއާއަށެވެ. ވޯލްޑް ބޭންކުގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި ޗައިނާއިން 1.37 ބިލިއަން ޑޮލަރު އަދި އިންޑިއާ އިން 124 މިލިއަން ޑޮލަރުގެ ލޯނު ދިވެހިރާއްޖެ އަށް ދޫކޮށްފައިވެއެވެ.

އޮކްޓޯބަރު މަހު އިންޑިއާ އިން ވަނީ ދިވެހިރާއްޖެ އާއެކު 400 މިލިއަން ޑޮލަރު އަދި 30 ބިލިއަން އިންޑިއަން ރުފިޔާ (346 މިލިއަން ޑޮލަރު) ގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި މުދަލާއި ޚިދުމަތްތަކަށް އަމާޒުކޮށްގެން މިނިވަން ވިޔަފާރީގެ އެއްބަސްވުމަކާ ބެހޭ މަޝްވަރާތައް ފެށުމަށްވެސް އެއްބަސްވެފައިވެއެވެ.

"ބޭރުގެ ދަރަނީގެ ބޮޑެތި އިލްތިޒާމުތަކެއް" ހުރުމާއެކު ރިޒަރވް ވަނީ ވަރަށް ދަށް މިންވަރެއްގައި ކަމަށް ޑިސެމްބަރު މަހު ރޭޓިންގ އޭޖެންސީ މޫޑީސް އިން ބުނެފައިވެއެވެ. އަދި "ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށް ދޭދޭ ފަރާތްތަކުން އަދި ބައިނަލްއަޤްވާމީ ފަރާތްތަކުން ފައިނޭންސިންގ ހޯދުމުގައި ދިވެހިރާއްޖެ އަށް ދަތިތަކާ ކުރިމަތިވާނެ" ކަމަށް އެ އޭޖެންސީން ލަފާކުރާ ކަމަށްވެސް ބުނެފައިވެއެވެ.

- ކޮމެންޓް