ކ. މާލެ
|
20 ޖެނުއަރީ 2025 | ހޯމަ 22:42
2025 ޖެނުއަރީ 20 ވަނަ ދުވަހު ވޮޝިންޓަން ޑީސީގައި ބޭއްވި ރަސްމިއްޔާތުގައި ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ 47 ވަނަ ރައީސްގެ މަގާމުގެ ހުވާ ކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަނީ
2025 ޖެނުއަރީ 20 ވަނަ ދުވަހު ވޮޝިންޓަން ޑީސީގައި ބޭއްވި ރަސްމިއްޔާތުގައި ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ 47 ވަނަ ރައީސްގެ މަގާމުގެ ހުވާ ކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަނީ
ގެޓީ އިމޭޖަސް
ޑޮނަލްޑް ޓްރަމްޕް
ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ 47 ވަނަ ރައީސް ކަމުގެ ހުވާކުރައްވައިފި
ހުވާކުރެއްވުމުގެ ރަސްމިއްޔާތައް ވަޑައިގަތުމުގެ ކުރިން ބައިޑްން އާ ޓްރަމްޕް ވަނީ ވައިޓް ހައުސްގައި ބައްދަލު ކުރައްވާފައެވެ. ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ވަޑައިގަތީ ދެބޭފުޅުން އެކުގައެވެ.

ޖެނުއަރީ 20 ވީ ހޯމަ ދުވަހު ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ 47 ވަނަ ރައީސްގެ މަގާމުގެ ހުވާކުރައްވައިފިއެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮތީ ވެރިރަށް ވޮޝިންގްޓަން ޑީސީ ގައެވެ.

އެއާއެކު ވެރިކަމުގައި ހުންނެވި ޖޯ ބައިޑަންގެ ކިބައިން ވެރިކަމުގެ ބާރުތައް ޓްރަމްޕަށް ސުލްހަވެރިކަމާއެކު ވަނީ ބަދަލުކުރެވިފައެވެ.

ޓްރަމްޕް ވިދިވިދިގެން ނޫން ގޮތައް މިއީ ވައިޓް ހައުސް އަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ.

ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ ޔޫއެސް ކެޕިޓަލް ގެ ރޮޓަންޑާ އިމާރާތުގައެވެ. މިގޮތަށް ހަމަޖެއްސީ ވޮޝިންގްޓަން ޑީސީގައި ފިނިބާރު ވުމުގެ ސަބަބުން ބޭރުގައި ރަސްމިއްޔާތު ބޭއްވުމަށް ކުރިން ކޮށްފައި އޮތް ޕްލޭން ބަދަލު ކުރުމަށްފަހުގައެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތައް ވަޑައިގަތުމުގެ ކުރިން ބައިޑްން އާ ޓްރަމްޕް ވަނީ ވައިޓް ހައުސްގައި ބައްދަލު ކުރައްވާފައެވެ. ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ވަޑައިގަތީ ދެބޭފުޅުން އެކުގައެވެ.

ރަސްމިއްޔާތުގައި އެންމެ ފުރަތަމަ ހުވާކުރެއްވީ ނައިބު ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޖޭޑީ ވޭންސް އެވެ. އޭގެފަހުން ރައީސްގެ މަގާމަށް ޓްރަމްޕް ހުވާކުރެއްވިއެވެ.

އާދަކާދައިގެ މަތިން، ރައީސަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސް އެވެ.

ހުވާކުރެއްވުމަށްފަހު ކެޕިޓަލް އިމާރާތުގައި 200 އަށްވުރެ ގިނަ މެހުމާނުންނާއެކު މެންދުރުގެ ފަރިއްކޮޅެއްގައި ޓްރަމްޕް ބައިވެރިވެ ވަޑައިގަތެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި މަގާމުން ވަކިވެވަޑައިގަންނަވާ އުމުރުފުޅުން 82 އަހަރުގެ ރައީސް ބައިޑަން އާ އޭނާގެ އަނބިކަނބަލުންގެ އިތުރުން ކުރީގެ ރައީސުން ކަމުގައިވާ ބަރަކް އޮބާމާ އާއި ޖޯޖް ޑަބްލިޔު ބުޝް އައި ބިލް ކްލިންޓަން ބައިވެރިވެވަޑައިގަތެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޓްރަމްޕް ދުނިޔޭގެ ބައެއް ލީޑަރުންނަށް ވެސް ދަޢުވަތު ދެއްވާފައިވެއެވެ.

އޭގެ އިތުރުން ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި ބެލޭ އަދި ޓްރަމްޕްގެ އަރިސް ފަރާތެއްގެ ގޮތުގައި ފާހަގަ ވެފައިވާ އީލޮން މަސްކް ގެ އިތުރުން ބިލިއަނަރުންކަމަށްވާ ޖެފް ބެޒޯސް އަދި މާކް ޒަކަބާގް ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.

ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށް ދައުވަތު ދެއްވި ނަމަވެސް އޭނާ ވަޑައިގެންފައެއް ނުވެއެވެ.

ސަލާމަތީ ގޮތުން ނުރައްކާވެދާނެ ފަދަ ކަމެއް ހިނގާފާނެ ކަމަށް ބެލެވިފައި ނެތް ނަމަވެސް ރަސްމިއްޔާތައް ވޮޝިންގޓަން ޑީސީގައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަނީ ވަރުގަދަ ކޮށްފައެވެ. ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 25،000 ސެކިއުރިޓީ އޮފިޝަލުން ގެންދިޔައީ ހަރަކާތްތެރިވަމުންނެވެ.

- ކޮމެންޓް