ކ. މާލެ
|
13 ޖެނުއަރީ 2025 | ހޯމަ 01:05
ބީއެމްއެލް އިން މާސްޓާކާޑް ކަސްޓަމަރުންނަށް ކޮލޮމްބޯ ފެޝަން ވީކް ގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
ބީއެމްއެލް އިން މާސްޓާކާޑް ކަސްޓަމަރުންނަށް ކޮލޮމްބޯ ފެޝަން ވީކް ގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
ބީއެމްއެލް
ކޮލޮމްބޯ ފެޝަން ވީކް
ބީއެމްއެލް އިން މާސްޓާކާޑް ކަސްޓަމަރުންނަށް ކޮލޮމްބޯ ފެޝަން ވީކް ގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް
ކޮލޮމްބޯ ފެޝަން ވީކް ބޭއްވުމަށް ހަމަޖެހިފައިވަނީ 19ން 22 ފެބުރުވަރީ 2025 ގައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ މާސްޓަރކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ކޮލޮމްބޯ ފެޝަން ވީކްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ހުޅުވައިލައިފިއެވެ.

ކޮލޮމްބޯ ފެޝަން ވީކް ބޭއްވުމަށް ހަމަޖެހިފައިވަނީ 19ން 22 ފެބުރުވަރީ 2025 ގައެވެ.  

ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ މާސްޓާކާޑް ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުންކޮށްގެން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރިއަކާއެކު އިތުރު ބައިވެރިއަކަށް ކަނޑައެޅިފައިވާ އިނާމުތަކުގެ ތެރޭގައި 2 މީހުންނަށް ބިޒްނަސް ކްލާސް ދެކޮޅު ޓިކެޓު، ފައިވް ސްޓަރ ހޮޓަލެއްގައި ހުރުން، އިވެންޓުގެ ވީވީއައިޕީ ސީޓިންގ އަދި ހާއްސަ ކަލިނަރީ އަދި އެހެނިހެން އެކްސްޕީރިއެންސްތައް ހިމެނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 2 ފެބުރުވަރީ 2025 ނިޔަލަށެވެ.

- ކޮމެންޓް