ކ. މާލެ
|
21 ޑިސެންބަރ 2024 | ހޮނިހިރު 18:52
އައިޖީއެމްއެޗް ހޮސްޕިޓަލް
އައިޖީއެމްއެޗް ހޮސްޕިޓަލް
ރާއްޖެއެމްވީ
މާލޭގެ ގެއަކުން މީހަކުން ފެނުން
މާލޭގެ ގެއަކުން މަރުވެފައި އޮތް މީހެއް ފެނިއްޖެ
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޖުގީގުކުރަމުން
ޚަބަރު ހުސްވެފައި އޮއްވާ ފެނުނު މީހާ އަކީ އުމުރު 35 އަހަރުގެ އަލީ ރަޝީދު

މާލޭގެ ގެއަކުން މަރުވެފައި އޮތް މީހެއް ފެނިއްޖެއެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތުދެމުން ބުނީ މާލޭގެ ގަލޮޅުގައި ހުންނަ ގެއެއްގައި ޚަބަރު ހުސްވެފައިވާ މީހަކު އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހޮނިހިރު ދުވަހު ހަވީރު 05:02ގައި ކަމަށެވެ.

ޚަބަރު ހުސްވެފައި އޮއްވާ ފެނުނު މީހާ އަކީ އުމުރު 35 އަހަރުގެ އަލީ ރަޝީދެވެ.

އޭނާ އަކީ ގ.ފްރެސް ލައިޓަށް ނިސްބަތްވާ މީހެކެވެ. އެހެންނަމަވެސް އޭނާ މަރުވެފައި އޮއްވާ ފެނުނީ އެގެއިންކަން ނުވަތަ ނޫންކަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އޭނާ އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޖުގީގުކުރަމުންނެވެ.

- ކޮމެންޓް