ކ. މާލެ
|
15 ޖޫން 2025 | އާދީއްތަ 22:48
ބްރޯޑްކޮމްގެ ބައްދަލުވުމެއްގެ ތެރެއިން
ބްރޯޑްކޮމްގެ ބައްދަލުވުމެއްގެ ތެރެއިން
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ބްރޯޑްކޮމްގެ އައިޓީ އޮފިސަރ ފަޒީލްގެ ސަސްޕެންޝަން ތިން ވަނަ ފަހަރަށް އިތުރުކޮށްފި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އައިޓީ އޮފިސަރު ސަސްޕެންޑް ކުރި މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ވަނީ ހުށަހަޅާފަ
ކޮމިޝަނަށް ގޮސްފައިވަނީ ސާވާ އަށް ދިމާވި މައްސަލައިގައި އެހީތެރިކަންފޯރުކޮށްދިނުމަށް ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ އައިޓީ އޮފިސަރު އަހުމަދު ފަޒީލްގެ ސަސްޕެންޝަން ތިން ވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

އެންމެ ފުރަތަމަ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އައިޓީ އޮފިސަރު މުޙައްމަދު ފަޒީލް ވަޒީފާ އިން ސަސްޕެންޑް ކޮށްފައިވަނީ އެ ކޮމިޝަނުގެ ސާވާރ އަށް ދިމާވެފައިވާ މައްސަލައެއް ތަހުގީގު ކުރުމުން ޝައްކުވާ ކަންކަންތަައްތަކެއް ހުރި ކަމަށް ބުނެއެވެ. އަދި އޭނާ ވަޒީފާ އިން ސަސްޕެންޑް ކުރި ކަމަށް ކޮމިޝަނުގެ ރައީސް ސޮއި ކޮށް ސިޓީ ފޮނުވާފައިވެއެވެ.

އާދިއްތަ ދުވަހު އަނެއްކާވެސް ތިން ވަނަ ފަހަރަށް އޭނާގެ ސަސްޕެންޝަން ދެމެހެއްޓިކަން އަންގާ ފަޒީލް އަށް ވަނީ ސިޓީ އެއް ފޮނުވާފައެވެ. ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން ފަޒީލް ވިދާޅުވީ އޭނާގެ ސަސްޕެންޝަން ދަމަހައްޓާފައި ވަނީ އެޗްއާރް ޕެނަލް އަށް ހުށަހެޅުމަކާއި ނުލާ ކަމަށެވެ. އެއީ ބްރޯޑްކޮމްގެ އުސޫލު އޮންނަ ގޮތުން ސަސްޕެންޑް ކުރާ އިރު އަމަލުކުރެވޭނެ ގޮތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އޭނާ އާއި މެދު ކުރާ ތުހުމަތުތަކަކީ ރަނގަޅު ތުހުމަތުތަކެއް ނޫން ކަމަށާއި ބްރޯޑްކޮމްގެ ރައީސާ ބޭނުންފުޅު ވެގެން ކޮމިޝަންގެ މެމްބަރުންގެ ބައިވެރިވުމާއި އެކު އުސޫލާއި ޚިލާފަށް އޭނާ ސަސްޕެންޝަންގައި ބަހައްޓާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފުލުހުންނަށް ކޮމިޝަންގެ ރައީސް ސޮއިކުރައްވާ މައްސަލަ ބަލާދިނުމަށް އެދި ސިޓީ އެއް ފޮނުވާފައި ވީ ނަމަވެސް މި ކަމާއި ގުޅޭ ގޮތުން ދިވެހި ފުލުހުން ނޫސްތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ ކޮމިޝަނުގައި ކުރީ ތަހުގީގެއް ނޫންކަމުގައި ވާތީ އެކަމާޢި މެދު ފަޒީލް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ކޮމިޝަނަށް ގޮސްފައިވަނީ ސާވާ އަށް ދިމާވި މައްސަލައިގައި އެހީތެރިކަންފޯރުކޮށްދިނުމަށް ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް, މި ކަމާއި ގުޅޭ ގޮތުން ދިވެހި ފުލުހުން ނޫސްތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ ކޮމިޝަނުގައި ކުރީ ތަހުގީގެއް ނޫން ކަމަށާއި ކޮމިޝަނަށް ގޮސްފައިވަނީ ސާވާރ އަށް ދިމާވި މައްސަލައިގައި އެހީތެރިކަންފޯރުކޮށްދިނުމަށް ކަމަށެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އައިޓީ އޮފިސަރު ސަސްޕެންޑް ކުރި މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ.

- ކޮމެންޓް