ކ. މާލެ
|
29 ނޮވެންބަރ 2024 | ހުކުރު 20:47
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން (ފައިލް ފޮޓޯ)
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން (ފައިލް ފޮޓޯ)
ރައީސް އޮފީސް
ރައީސް މުއިއްޒުގެ އިނގިރޭސިވިލާތުގެ ދަތުރުފުޅު
އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި
މި ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ މެންޗެސްޓަރ ގައި ދިރިއުޅޭ ދިވެހި އާއިލާ އެއްގެ ކައިވެނީގެ ހަފްްލާއެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެއް

އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ހުކުރު ދުވަހު ހަވީރު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ މެންޗެސްޓަރ ގައި ދިރިއުޅޭ ދިވެހި އާއިލާ އެއްގެ ކައިވެނީގެ ހަފްްލާއެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ކުރެއްވި އިދާރީ މަސައްކަތްޕުޅުތަކުގެ ޚަރަދާއި، ޢާއިލާއާއި އަމިއްލަފުޅު ކަންކަންވެސް ހިމެނޭގޮތުން، މުޅި ދަތުރުފުޅުގެ ހުރިހާ ޚަރަދެއްވެސް ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ގައުމުގެ އިގްތިސާދީ ހާލަތު މިހާ ގޯސްވެފައިވާ ދަނޑިވަޅެއްގައި ރައީސް މުއިއްޒު އުފާފާޅުކުރައްވަން ވަޑައިގެންނެވުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އެމަނިކުފާނަށް އަމާޒުވެފައެވެ.

- ކޮމެންޓް