ކ. މާލެ
|
21 ޖޫން 2024 | ހުކުރު 00:35
ޢީދު މިސްކިތް - މިސްކިތުގެ ކެމެރާ ފުޓޭޖްތައް ނަގާ ފުލުހަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ދަނީ ކުރަމުން
ޢީދު މިސްކިތް - މިސްކިތުގެ ކެމެރާ ފުޓޭޖްތައް ނަގާ ފުލުހަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ދަނީ ކުރަމުން
މާލޭ ސިޓީ ކައުންސިލް
މިސްކިތްތަކުން ވައްކަން ކުރުން
އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
މާލޭގައި އެކި ބާވަތުގެ ކުށްކުރުން އިންތިހާ އަށް ވަނީ އިތުރުވެފައި، ސިޓީ ކައުންސިލުން ބުނަނީ މިސްކިތްތަކުން ވައްކަން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށް

މާލޭގެ އީދު މިސްކިތުން ޖޫން މަހު އެކަނި ވެސް 10 ފަންކާ ވަގަށް ނަގައިފި ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލް އިން "އެކްސް" ގައި ހާމަ ކޮށްފައިވާ ގޮތުގައި ފަންކާތައް ވަގަށް ނަގާ މައްސަލަ ބެލުމަށް ސީސީޓީވީ ފުޓޭޖް ފުލުހުންނަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

ޖޫން މަހުން ބުރާސްފަތި ދުވަހާ ހަމައަށް މިހިނގި 21 ދުވަހުގެ ތެރޭގައި 10 ފަންކާ ވަގައް ނަގާފައިވާ ކަމަށް ބުނުމުން އެއީ ކޮންމެ ދެ ދުވަހަކުން ފަންކާ އެއް ވަގަށް ނެގުން ފަދަ ނިސްބަތެއް ކަން ފާހަގަ ކުރެވެއެވެ.

"މިސްކިތުގެ ކެމެރާ ފުޓޭޖްތައް ނަގާ ފުލުހަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ދަނީ ކުރަމުން." ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މާލޭގައި ވައްކަން ކުރުމާއި، އެކި ބާވަތުގެ ކުށްކުރުން އިންތިހާ އަށް މިހާރު އިތުރުވެފައިވާ ކަން ވަނީ ފާހަގަ ކުރެވިފައެވެ.

ސިޓީ ކައުންސިލުން ވަނީ މިސްކިތްތަކުން ވައްކަން ނުކުރުމަށާއި، ތަކެއްޗަށް ގެއްލުން ނުދިނުމަށް އިލްތިމާސް ކޮށްފައެވެ.

"މިސްކިތް ތަކުން ވައްކަން ކޮށް، ތަކެއްޗަށް ގެއްލުން ދީ ނުހެދުމަށް އިލްތިމާސް ކުރަން." ސިޓީ ކައުންސިލް އިން ބުނެފައިވެއެވެ.

- ކޮމެންޓް