ކ. މާލެ
|
24 އޮކްޓޯބަރ 2024 | ބުރާސްފަތި 21:16
އޮކްޓޯބަރ 24، 2024 ގައި ރަޝިޔާގެ ކަޒާން ގައި ހިނގަމުން ދިޔަ ބްރިކްސްް ސަމިޓްގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ބައިވެރިވެވަޑައިގަންނަވަނީ
އޮކްޓޯބަރ 24، 2024 ގައި ރަޝިޔާގެ ކަޒާން ގައި ހިނގަމުން ދިޔަ ބްރިކްސްް ސަމިޓްގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ބައިވެރިވެވަޑައިގަންނަވަނީ
ރޮއިޓާސް
ބްރިކްސް ސަމިޓް
އިޒްރޭލުން ގެންދަނީ ޣައްޒާ ސްޓްރިޕް އިން ފަލަސްތީނު ރައްޔިތުން ހުސްކުރަމުން: މަހްމޫދު އައްބާސް
ޣައްޒާގައި އިޒްރޭލުން ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ ހަނގުރާމައެއް ކަމަށް ފަލަސްތީނުގެ ރައީސް ވިދާޅުވި

އިޒްރޭލުން ގެންދަނީ ޣައްޒާ ސްޓްރިޕް އިން ފަލަސްތީނު ރައްޔިތުން ހުސްކުރަމުން ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެއެވެ.

"އިޒްރޭލުގެ މަޤްޞަދަކީ ޣައްޒާ ސްޓްރިޕް، ޚާއްޞަކޮށް މި މަހު ފުޅާ ދާއިރާއެއްގައި ހަމަލާދީފައިވާ އުތުރު ސަރަޙައްދުން، ފަލަސްތީނުގެ ރައްޔިތުން ހުސްކުރުން،" އައްބާސް ވިދާޅުވިއެވެ.

"1948 ވަނަ އަހަރުގެ ނަކްބާ އަށް ފަހު ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވި އެންމެ ބޮޑު ހާދިސާ އަށް މިހާރު އެއް އަހަރު ވެއްޖެ. އެއީ ޣައްޒާ ސްޓްރިޕްގައި ނަސްލު ނައްތާލުމާއި ނަސްލު ފުހެލުމުގެ ކުށްތައް ހިންގަމުންދާ އިޒްރޭލުގެ ހަނގުރާމަ،" ރަޝިޔާގެ ކަޒާން ގައި ބްރިކްސް ގްރޫޕްގެ މެންބަރުންނާ މުޚާޠަބުކުރައްވަމުން އައްބާސް ވިދާޅުވިއެވެ.

"މިއީ އެ ސަރަޙައްދުން އެ ސަރަހައްދުގެ ވަޒަންވެރިން ހުސްކުރުމުގެ ޕްލޭނެއްގެ ބައެއް، ޚާއްޞަކޮށް އުތުރު ޣައްޒާގައި އިސްތިއުމާރީ ބާރުން މިހާރު ކުރަމުން އެދާ ކަމަކީ އުތުރު ޣައްޒާގެ ރައްޔިތުން ބަނޑަށްޖެއްސުން،" އައްބާސް އިތުރަށް ވިދާޅުވިއެވެ.

- ކޮމެންޓް