ކ. މާލެ
|
14 މެއި 2025 | ބުދަ 16:15
ޣައްޒާގެ ޚާން ޔޫނިސްގެ އަލްމަވާސީ ސަރަހައްދުގައި ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެތި ބަހާނީ. 12 މެއި 2025
ޣައްޒާގެ ޚާން ޔޫނިސްގެ އަލްމަވާސީ ސަރަހައްދުގައި ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެތި ބަހާނީ. 12 މެއި 2025
ގެޓީއިމޭޖަސް
ޣައްޒާ ހަނގުރާމަ
ޣައްޒާގައި 70 މީހުން ޝަހީދު ކޮށްލައިފި
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައިވަނީ "އިސްރާއީލުން ހަނގުރާމަ ހުއްޓާލާ ހާލަތެއް ނާންނާނެ" ކަމަށް.

އިސްރާއީލީ ބާރުތަކުން ޣައްޒާ އަށް ދެމުންދާ ހަމަލާތައް އިތުރުކޮށް، މެޑިކަލް އޮފިޝަލުން ބުނާ ގޮތުގައި ބުދަވިލޭރޭ ދަންވަރުގެ ވަގުތުން ފެށިގެން މަދުވެގެން 70 ފަލަސްތީނު މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ. މީގެ ތެރޭގައި އުތުރު ޣައްޒާ ގައި ޝަހީދުކޮށްލި 50 މީހުން ހިމެނެއެވެ.

ރަޝިޔާ، ޗައިނާ އަދި ޔޫކޭ އިން ވަނީ ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމަށް އެމެރިކާ އާއި އިސްރާއީލުން ހުށަހެޅި ޕްލޭނެއް ބަލައިނުގަނެ، އޭގެ ބަދަލުގައި އިސްރާއީލުން ޣައްޒާގެ މައްޗަށް 2 މަސް ދުވަހުގެ މުއްދަތަށް އަޅާފައިވާ ބްލޮކޭޑް ނައްތާލުމަށް ގޮވޮވާލާފައެވެ.

ސައުދީ އަރަބިއްޔާ އަށް މިހާރު ޒިޔާރަތްކުރައްވަމުން ގެންދަވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ޣައްޒާގެ ހަނގުރާމަ ވީހާވެސް އަވަހަކަށް ނިންމުމަށް އެމެރިކާ އިން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައިވަނީ "އިސްރާއީލުން ހަނގުރާމަ ހުއްޓާލާ ހާލަތެއް ނާންނާނެ" ކަމަށެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި އިސްރާއީލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި މަދުވެގެން 52,908 ފަލަސްތީނު މީހުން މަރުވެ، 119,721 މީހުން ވަނީ ޒަޚަމްވެފައެވެ.

- ކޮމެންޓް