ކ. މާލެ
|
13 އޮކްޓޯބަރ 2024 | އާދީއްތަ 17:36
ހުޅުމާލެ ފޭސް 2ގެ ބީޗް ސަރަހައްދު- ޖުމްލަ 18 ބިމެއް ވިއްކުމަށް ވަނީ ހުޅުވާލާފައި
ހުޅުމާލެ ފޭސް 2ގެ ބީޗް ސަރަހައްދު- ޖުމްލަ 18 ބިމެއް ވިއްކުމަށް ވަނީ ހުޅުވާލާފައި
ހުޅުމާލޭން ބިންވިއްކުން
ހުޅުމާލެއިން މުއްސަނދިންނަށް ގޯތި ވިއްކުމަށް ކުރިން ދެކޮޅު ހެއްދެވި ޑރ. މުއިއްޒުގެ ސަރުކާރުން ބިން ވިއްކަނީ
މުއިއްޒު ކުރިން ވިދާޅުވީ، މުއްސަނދިންނަށް ހުޅުމާލެ އިން ގޯތި ވިއްކަން އުޅުމަކީ މާލޭގެ މީހުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް
ހުޅުމާލޭން ބިން ވިއްކަން ނިންމި ނިންމުން ވަގުތުން ބަދަލުކުރުމަށް ޑރ، މުއިއްޒު އޭރު ގޮވާލެއްވި
މުއިއްޒު އޭރު ވިދާޅުވީ، މުއްސަނދިންނަށް ބިން ވިއްކުމާ ދެކޮޅު ހައްދަވާ ކަމަށާއި، އެ ތަނުން މާލޭގެ މީހުންނަށް ހިލޭ ގޯތި ދޭން ޖެހޭނެ ކަމަށް

ހުޅުމާލެއިން ދިވެހިންނަށް ޚާއްސަކޮށްގެން އިތުރު ވިއްކަން ހުޅުވާލައިފިއެވެ.

ހުޅުމާލޭން ގޯތި ވިއްކުމަށް ކުރީ ސަރުކާރުން ހުޅުވާލުމުން އެކަމާ ފާޑުވިދާޅުވެ 2 ސެޕްޓެމްބަރު 2021 ވަނަ ދުވަހުގެ ރޭ މާލޭ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި އޭރުގެ މާލޭ ސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ޑރ. މުއިއްޒު އޭރު ވިދާޅުވީ، މުއްސަނދިންނަށް ބިން ވިއްކުމާ ދެކޮޅު ހައްދަވާ ކަމަށެވެ.

މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، ހުޅުމާލޭން ބިން ވިއްކަން އެޗްޑީސީން ނިންމި ނިންމުން ބަދަލު ކުރަންޖެހޭ ކަމަށެވެ.

"އެންމެ މުއްސަނދިންނަށް ނޫނިއްޔާ އެފޯޑް ނުކުރެވޭ އަގެއްގައި ހުޅުމާލެ އިން މިހާރު ގޯތި ވިއްކަން މި އުޅެނީ. މާލޭ ސިޓީ ކައުންސިލުން މިކަން ކުށްވެރި ކުރަން. އަޅުގަނޑު ސަރުކާރަށް ގޮވާލަން މި ނިންމުން މިހާރުން މިހާރަށް ބަދަލުކުރުމަށް،" މާލޭ ސިޓީގެ ކުރީގެ މޭޔަރ މުއިއްޒު ވިދާޅުވެފައިވެއެވެ.

މުއިއްޒު ވިދާޅުވީ، އެޗްޑީސީގެ ވިޔަފާރީގެ ބޭނުމަށް ހުޅުމާލެ އިން ބިން ވިއްކަން ވާނީ މާލޭގެ މީހުންނަށް ގޯތި ދިނުމަށް ފަހު އެވެ. އަދި އެ ބައްދަލުވުމުގައި ހުޅުމާލޭން ބިން ވިއްކަން އެޗްޑީސީ އިން ނިންމި ނިންމުން ބަދަލު ކުރަންޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު ކަމުގައި ހުންނަވާ މުއިއްޒު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވާއިރު، ރާއްޖޭގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ހިންގަވާ ސަރުކާރުން މިހާރު ވަނީ ޖުމްލަ 18 ބިމެއް ވިއްކުމަށް ހުޅުވާލާފައެވެ.

މީގެ ތެރޭގައި ހިމެނެނީ ބީޗް ފްރަންޓް 2 ބިމަކާއި، ބީޗް ސައިޑް 16 ބިމެކެވެ. މި ބިންތަކަކީ 1864 އަކަފޫޓާއި 2408 އަކަފޫޓުގެ ބިންތަކެކެވެ.

ދިވެހި އަމިއްލަ ފަރުދުންގެ އިތުރުން 100 އިންސައްތަދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށްވެސް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އެޗްޑީސީން ވަނީ ހުޅުވާލާފައެވެ.

އަކަފޫޓަކަށް 4000ރ ގެ މަގުން ބީލަން ފެށޭ ގޮތައް އެޗްޑީސީ އިން ކަނޑައަޅާފައި ވާއިރު، ފުރަތަމަ މަރުހަލާހަގައި އެކްސްޕްރެޝަން އޮފްއިންޓަރެޓްސް (އީއައިއޯ) ހުށަހަޅާއިރު ދެވަނަ މަރުހަލާގައި އެކަކަށްވުރެގިނަ މީހުން ކުރިމަތިލާފައިވާ ބިންތައް ނީލަމުގެ އުސޫލުން ކުރިއަށް ދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މި ބިންތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް