ކ. މާލެ
|
9 އޮކްޓޯބަރ 2024 | ބުދަ 06:39
ޖަލުތަކުގައި ބަންދުކުރެވޭ މީހުންގެ ބޯކޮށުމާ ގުޅޭ ޕޮލިސީ މުރާޖަޢާކޮށް، އިސްލާހުކުރުމަށް އެޗްއާރުސީއެމުން ވަނީ ހުށަހަޅާފައި
ޖަލުތަކުގައި ބަންދުކުރެވޭ މީހުންގެ ބޯކޮށުމާ ގުޅޭ ޕޮލިސީ މުރާޖަޢާކޮށް، އިސްލާހުކުރުމަށް އެޗްއާރުސީއެމުން ވަނީ ހުށަހަޅާފައި
ކަރެކްޝަން ސަރވިސް
ގައިދީން
ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ
ބޯކޮށުމަކީ ސާފުތާހިރު ކަމަކަށް ވާތީ ސުލޫކީ މިންގަނޑުގެ ތެރެއިން ބޯކޮށުމާއި ތުނބުޅި ބޭލުން އުނިކުރަން ހުށަހަޅާފައިވޭ
ގައިދީންގެ ބޯކޮށުމާ ގުޅޭ ކަންކަން ހިމަނާފައި އޮތް ގޮތް އިންސާނީ ހައްގުތަކުގެ ނަޒަރުން ބަލައި އިސްލާހުކުރުމަށް އަންގާފައި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ޖަލުތަކުގައި ބަންދުކުރެވޭ މީހުންގެ ބޯކޮށުމާ ގުޅޭ ޕޮލިސީ މުރާޖަޢާކޮށް، އިސްލާހުކުރުމަށް ހުށަހަޅައިފިއެވެ. މި ހުށަހެޅުމުގައި ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރުމަށް ވަނީ ހުށަހަޅާފައެވެ.

އެޗްއާރުސީއެމްގެ ފަރާތުން މި ހުށަހެޅުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ގަދަކަމުން ގައިދީންގެ ބޯކޮށުމާއި ތުނބުޅި ބޭލުމަކީ އިންސާނީ ޙައްޤުތަކާ ޚިލާފު ކަމެކެވެ. އަދި މިކަމަކީ ގައިދީންގެ އަމިއްލަ އިޚްތިޔާރުގައި ކުރަން ޖެހޭނެ ކަމެއްކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

އެޗްއާރުސީއެމްގެ ހުށަހެޅުމުގައި، ގައިދީންގެ ބޯކޮށުމާއި ތުނބުޅި ބޭލުމުގެ ބަދަލުގައި، ސާފުތާހިރުކަމާއި ޞިއްޙަތާ ގުޅޭ އުސޫލުތަކެއް ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން، ގައިދީންގެ އަމިއްލަ އިޚްތިޔާރުގައި ބޯކޮށުމާއި ތުނބުޅި ބޭލުމުގެ ފުރުޞަތު ދިނުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

މި ހުށަހެޅުމުގައި، ގައިދީންގެ އިންސާނީ ކަރާމާތަށް އިޙްތިރާމްކުރުމާއި، އަމިއްލަ އިޚްތިޔާރު ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ބަދަލުތަކަކީ ގައިދީންގެ އިޞްލާޙީ މަސައްކަތްތަކަށް އެހީތެރިވެދޭނެ ކަމެއްކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

އެޗްއާރްސީއެމުން ވަނީ ގައިދީންގެ ބޯކޮށުމުގެ އުސޫލު ބަދަލުކުރަން ހަ ކަމެއް ހުށަހަޅާފައެވެ.

  • ގައިދީންގެ ބޯކޮށުމާ ގުޅޭ ކަންކަމަކީ ސާފުތާހިރުކަމާ ގުޅޭ ކަމަކަށް ވާތީ ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ގަވައިދުގެ 8ވަނަ މާއްދާ އުނިކުރުން
  • އިސްތަށިގަނޑާއި ތުނބުޅި މަތިމަސްކޮށުމަކީ ގައިދީއެއް ނުވަތަ ބަންދުގައި ހުންނަ މީހެއްގެ އިޚްތިޔާރީ ކަމަކަށް ހެދުން
  • ގައިދީންގެ ބޯކޮށުމާއި ތުނބުޅި މަތިމަސް ބޭލުމާ ގުޅޭ ކަންކަމަކީ ސާފުތާހިރުކަމާ ގުޅޭ ކަމަކަށް ވާތީ، އެ ކަން އަޚްލާގީ ކަމަކަށް ނުގުޅުވޭނެތީ، ގައިދީންނަށް ހިންގޭ ރިހެބިލިޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދިިއުމުގައާއި ޕެރޯލް ފުރުސަތު ދިނުމުގައި އަޚްލާގީ މިންގަނޑުން ބަލައި އެ ކަމަށް ރިއާޔަތްނުކުރުން
  • ޖަލުގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ނުވަތަ ގައިންގަޔަށް އަރާފަދަ ބަލިމަޑުކަމެއް ފެތުރިދާނެ ހާލަތުގައި ނުވަތަ ގައިދީއެއްގެ ސިއްހީ ސަބަބަކަށް ޓަކައި މެނުވީ އެއްވެސް ގައިދީއެއް ނުވަތަ ބަންދުގައި ހުންނަ މީހެއްގެ ބޮލާއި، ތުނބުޅި މަތިމަސް ނުރުހުމުގައި ގަދަކަމުން، ހެލްތު އޮފިސަރުގެ ލަފާގެ މަތިން ނޫނީ ބާލައިގެން ނުވާނެކަން އުސޫލުތަކުގައި ބަޔާންކުރުން
  • ސިއްހީ މާހިރެއްގެ ލަފާގެ މަތިން ގައިދީއެއްގެ ބޯކޮށާއިރު އިންސާނީ ކަރާމާތަށް އުނިކަމެއް ނާންނަހެން އެ ކަން ކުރުން. އަދި އެ ކަން ކުރާނަމަ ލިޔެކިޔުމުން ރެކޯ ބެލެހެއްޓުން
  • ދީނީ ގޮތުން ގަބޫލުކުރާ ކުރުމެއްގެ ސަބަބުން ބޯކޮށަން ނުވަތަ ތުނބުޅި މަތިމަސް ބާލަން އިންކާރުކުރާނަމަ އެ ކަން ކުރުމަށް މަޖުބޫރުނުކޮށް އެ ކަމަށް އިހްތިރާމްކުރުން.

އެޗްއާރުސީއެމުން ވަނީ މިހާރު އަމަލުކުރާ ގާނޫނާއި ގަވައިދު އަދި އުސޫލުތަކުގައި ގައިދީންގެ ބޯކޮށުމާ ގުޅޭ ކަންކަން ހިމަނާފައި އޮތް ގޮތް އިންސާނީ ހައްގުތަކުގެ ނަޒަރުން ބަލައި އިސްލާހުކުރުމަށް ކަމާގުޅޭ އިދާރާތަކަށް އަންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް