ކ. މާލެ
|
7 އޮކްޓޯބަރ 2024 | ހޯމަ 12:39
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އިންޑިއާ ސަރުކާރުން ރަސްމީގޮތުން މަރްޙަބާ ދެންނެވުން
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އިންޑިއާ ސަރުކާރުން ރަސްމީގޮތުން މަރްޙަބާ ދެންނެވުން
ރައީސް އޮފީސް
މުއިއްޒުގެ އިންޑިއާ ދަތުރުފުޅު
ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ސިޔާސީ ގުޅުން ހަރުދަނާކުރުމާއި ގުޅެގޮތުން މަޝްވަރާކޮށްފި
މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ހައިދަރުއާބާދު ހައުސްގަ
މުހިންމު ދާއިރާތަކަކުން ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުންތައް އެކުލަވާލެއްވުމަށް ވަނީ ހަމަޖެހިފަ

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ސިޔާސީ ގުޅުމާއި ދެ ޤައުމުގެ ގުޅުން ހަރުދަނާ ކުރުމާ ގުޅެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެ ބޭފުޅުން މަޝްވަރާކުރައްވައިފިއެވެ.

އެ ދެ ބޭފުޅުން އެކަމާއި މެދު މަޝްވަރާކުރައްވާފައި ވަނީ ހޯމަ ދުވަހު ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުކަމަށްވާ ހައިދަރުއާބާދު ހައުސްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް ވަޑައިގަތުމުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއި މެދުގައި މަޝްވަރާކުރައްވާފައިވެއެވެ. އަދި މި ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާ އާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައވެ. މީގެ އިތުރުން މުހިންމު ދާއިރާތަކަކުން ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުންތައް އެކުލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ދެޤައުމުގެ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ މުހިންމު އެއްބަސްވުންތަކުގެ ތެރޭގައި ކަރަންސީ ސްވޮޕް އެއްބަސްވުމާއި، އެންޓި-ކޮރަޕްޝަންގެ ދާއިރާއާއި ޝަރުޢީ ދާއިރާ ހަރުދަނާކުރުމާއި ކުޅިވަރުގެ ދާއިރާ ފަދަ ދާއިރާތަކުން އެއްބަސްވުން އެކުލަވާލުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ނިއުދިއްލީގެ އިތުރުން އާގަރާ އާއި ވިޔަފާރީގެ ރަށް މުމްބާއީގެ އިތުރުން ބެންގަލޫރަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހާމަކުރުމަށް ބިޒްނަސް ފޯރަމްތަކެއްވެސް ބައެއް ސިޓީތަކުގައި ބާއްވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް