އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެ އަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ކަވަރު ކުރުމަށް އައިސް ތިބި ބޭރުގެ ނޫސްވެރިން ރައީސް މުއިއްޒު އަށް ދެންނެވި ސުވާލަކަށް އިނގިރޭސި ބަހުން އެމަނިކުފާނު ދެއްވި ޖަވާބުގެ ފެންވަރު ދަށްވުމުން ގިޔަ ބަޔަކު ފާޑު ކިޔައިފިއެވެ.
ސުވާލުގެ ޖަވާބުގައި މުއިއްޒު އިނގިރޭސި ބަހުން ވިދާޅުވީ، "ވެލް އިންޑިއާ އިޒް އަ ވަން އޮފް ދަ މޭޖަރ، އާހ...ދެޓް ޔޫ ނޯ، ޓޫރިޒަމް ކަންޓްރީ، ދެޓް ހެލްޕްސް ދަ މޯލްޑިވްސް ވިތު ދަ ޓޫރިޒަމް،" މިހެންނެވެ.
ސްކްރިޕްޓް ނެތި ރައީސް މުއިއްޒު ނޫސްވެރިޔާ ގެ ސުވާލަށް ވަގުތުން ދެއްވި ޖަވާބަށް ސޯޝަލް މީޑިއާ ގައި އެތައް ބަޔަކު ފާޑު ކިޔަމުން ގޮސްފައި ވާއިރު، ޔުނައިޓެޑް އެރަބް އެމިރޭޓްސް ގައި ޑެޕިއުޓީ އެމްސެޑަރެއްގެ ގޮތުން ކުރީ ސަރުކާރުގައި މަސައްކަތް ކުރެއްވި، މުހައްމަދު ފައިސަލް ވިދާޅުވީ، "ބައިނަލްއަޤްވާމީ އިންޓަވިއު އެއް ގައި އާދައިގެ ޖުމްލަ އެއް ވެސް ރަނގަޅަށް ވިދާޅުވާން ނުކުޅެދޭ ރައީސަކަށް ވޯޓު ދިން މީހުން ލަދުގަތުން ޙައްޤު،" ހައްގު ކަމަށެވެ.
ރައީސް މުއިއްޒު އަކީ ދުނިޔޭގައި ރާއްޖެ ތަމްސީލު ކުރުމަށް ހޮވި ދިވެހިންގެ މޫނު މަތި ކަމަށާއި، މިއީ ލަދު ގަންނަން ޖެހޭނެ ކަމެއް ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާ ގައި މުއިއްޒު ދެއްކެވި ވާހަކަ އަށް ފާޑު ކީ އެހެން ފަރާތަކުން ބުނެފައިވަނީ، ތެދުވެރިކަމެއް ނެތި، ޝުކުރުވެރިވާން އުޅުމުން، "އާހް، އޫހް" ފަަދަ އަޑުތައް ނުކުންނާނެ ކަމުގައެވެ.
What President Muizzu actually said:
— Mohamed Faisal (@faixal) July 27, 2025
“Well, India is a one of the major, aah, that you know, tourism country that helps the Maldives with tourism.”
What he was trying to say:
India is among the leading source markets for tourism in the Maldives.
If you voted for a president who… pic.twitter.com/dtTDzKnZqR