ކ. މާލެ
|
4 އޮކްޓޯބަރ 2024 | ހުކުރު 00:55
ޔަމަނުގެ ހޫތީން މިސައިލް ހަމަލާދީ ގޮއްވާލި ތެޔޮ ޓޭންކަރު "ކޯޑެލިއާ މޫން"
ޔަމަނުގެ ހޫތީން މިސައިލް ހަމަލާދީ ގޮއްވާލި ތެޔޮ ޓޭންކަރު "ކޯޑެލިއާ މޫން"
ސޯޝަލް މީޑިއާ
ޔަމަނުގެ ހޫތީން
ޔަމަނުގެ ހޫތީން ތެޔޮ ޓޭންކަރެއް ގޮއްވާލާ މަންޒަރު އާންމުކޮށްފި
ހަމަލާގެ މަންޒަރުތައް އާންމު ވެފައިވާ ކޯޑީލިއާ މޫން އަށް ދިން ހަމަލާއާ ބެހޭ ގޮތުން ހޫތީން ބުނީ 8 ބެލެސްޓިކް މިސައިލް ބޯޓަށް ފޮނުވާލިކަމަށެވެ. މީގެ އިތުރުން ޑްރޯންއާއި ފަޅުވެރިންނާ ނުލާ ދުއްވާ ބޯޓުފަހަރު ހަމަލާދިނުމުގައި ބޭނުން ކުރި ކަމަށްވެސް ބުނެފައިވެއެވެ.

ޔަމަނުގެ ހޫތީންގެ މިސައިލް އާއި ޑްރޯން ހަމަލާތަކެއް އަންގާރަ ދުވަހު ރަތްކަނޑުގައި ދަތުރުކުރަމުންދިޔަ ދެ އުޅަނދަކަށް އަމާޒުވެ، ބޮޑެތި ގެއްލުންތަކެއް އެ އުޅަނދުތަކަށް ލިބުނު މަންޒަރުތައް އާންމު ވެއްޖެއެވެ.

ހޫތީން ފުރަތަމަ ހަމަލާ ދިނީ ހުދައިދާ ބަނދަރުން ގާތްގަނޑަކަށް 110 ކިލޯމީޓަރު (70 މޭލު) ދުރުން ދަތުރުކުރަމުންދިޔަ ޕެނަމާގެ ދިދަ ނަގާފައިވާ ތެޔޮ ޓޭންކަރު "ކޯޑީލިއާ މޫން" އަށެވެ. މި ހަމަލާގެ މަޢުލޫމާތު ހާމަކޮށްފައިވަނީ ޔުނައިޓެޑް ކިންގްޑޮމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އޭޖެންސީންނެވެ.

މަންޒަރުތަކުން ފެންނަ ގޮތުގައި ހަމަލާއާއެކު ކޯޑީލިއާ މޫން ގައި ބާރުގަދަ ގޮވުންތަކެއް ގޮވާ ބޮޑު ސަރަހައްދަކަށް ދުންގަނޑު ފެތުރިގެންދެއެވެ.

ދެވަނަ ހަމަލާ އަމާޒުވީ ލައިބީރިއާގެ ދިދަ ނަގައިގެން ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށެވެ. މިބޯޓަށްވެސް މިސައިލް ހަމަލާ އެރުމުގެ ސަބަބުން ގެއްލުންވި ކަމަށް ރިޕޯޓްތައް ބުނެއެވެ. ބޯޓަށް ހަމަލާދިން އިރު ދަތުރު ކުރަމުން ދިޔައީ ޔަމަނުގެ ހުދައިދާ ބަނދަރުން 97 ނޯޓިކަލް މޭލު ބޭރުންނެވެ. ބޯޓު ދަތުރު ކުރަމުން ދިޔައީ ސުއެޒް އަށެވެ.

މި ޙަމަލާތަކަކީ ރަތްކަނޑުގައި ދަތުރުކުރާ އިޒްރޭލާ ގުޅުން ހުރި އުޅަނދުތަކަށް ދޭ ހަމަލާތަކެއް ކަމަށް ހޫތީން އަންނަނީ ބުނަމުންނެވެ.

ހަމަލާގެ މަންޒަރުތައް އާންމު ވެފައިވާ ކޯޑީލިއާ މޫން އަށް ދިން ހަމަލާއާ ބެހޭ ގޮތުން ހޫތީން ބުނީ 8 ބެލެސްޓިކް މިސައިލް ބޯޓަށް ފޮނުވާލިކަމަށެވެ. މީގެ އިތުރުން ޑްރޯންއާއި ފަޅުވެރިންނާ ނުލާ ދުއްވާ ބޯޓުފަހަރު ހަމަލާދިނުމުގައި ބޭނުން ކުރި ކަމަށްވެސް ބުނެފައިވެއެވެ.

ހޫތީން ބުނެފައިވާ ގޮތުގައި އިންޑިއާ ކަނޑުން ދަތުރުކުރި މެރަތޯޕޮލިސް ނަމަކަށް ކިޔާ ބޯޓަކަށް ޑްރޯން އާއި މިސައިލް ހަމަލާއެއް ވަނީދީފައެވެ.

ހޫތީންގެ ހަމަލާތަކުގެ ސަބަބުން ގިނަ ކުންފުނިތަކުން އެ ކުންފުނިތަކުން އޮޕަރޭޓް ކުރާ ބޯޓުފަހަރު ރަތްކަނޑު މަގުން ދަތުރުކުރުން ވަނީ ހުއްޓާލާފައިވެއެވެ. އޭގެ ބަދަލުގައި ގިނަ ބޯޓުފަހަރުން މިހާރު ދަތުރު ކުރަނީ އެފްރިކާ ބައްރު ވަށާލާފައެވެ. މިކަމުގެ ސަބަބުން ދަތުރުތައް ދިގުވެ، ޚަރަދު ބޮޑުވެ، މުދާ ފޯރުކޮށްދިނުމަށް ލަސްވަމުންދެއެވެ. ހޫތީންގެ މި ޙަމަލާތަކާ ދެކޮޅަށް އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ޤައުމުތަކުން ޔަމަނުގައި ހުރި ހޫތީންގެ އަމާޒުތަކަށް އެތައް ފަހަރެއްގެ މަތިން ހަމަލާތައް ވަނީ ދީފައެވެ. އެހެންނަމަވެސް، މިހާތަނަށް މި ޙަމަލާތަކުން ހޫތީންގެ ޙަރަކާތްތައް ހުއްޓުވުމަށް މާ ބޮޑު ކާމިޔާބެއް ލިބިފައެއް ނުވެއެވެ.

ހޫތީން ބުނެފައިވަނީ، އެމީހުންގެ ހަމަލާތައް ހުއްޓާލާނީ، ޣައްޒާގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ދެމުންދާ އަނިޔާވެރި ހަމަލާތައް ހުއްޓާލި އިރަކުން ކަމުގައެވެ.

އަނެއްކޮޅުން ބުރާސްފަތި ދުވަހު ހޫތީން ބުނެފައިވަނީ އެމީހުން ތެލް އަވީވްއަށް ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށެވެ.

ނަމަވެސް މިކަން އިޒްރޭލުގެ އިސް ފަރާތްތަކުން ސީދާ ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ހޫތީންގެ ބަޔާނެއްގައި ބުނެފައިވަނީ ހިފާފައިވާ ފަލަސްތީނުގެ ޖާފާ (ތެލް އަވީވް) ސަރަހައްދުގައިވާ މުހިންމު އަމާޒަކަށް ގިނަ އަދަދެއްގެ ޖާފާ ޑްރޯންތަކުން ހަމަލާދީފައި ކަމަށެވެ.

"މި އޮޕަރޭޝަން ވަނީ ކާމިޔާބުކަމާއެކު އޭގެ ލަނޑުދަނޑިތަކަށް ވާޞިލްވެފަ. އަދި ޑްރޯންތައް ވަނީ އަދާވާތްތެރިންނަށް ހުއްޓުވުމަށް ނުވަތަ ވައްޓާލުމަށް ނުކުޅެދި އަމާޒުތަކަށް ފޯރާފަ،" ހޫތީންގެ ބަޔާނުގައި ވެއެވެ.

ބުދަ ދުވަހު ހޫތީން ބުނެފައިވަނީ އިޒްރޭލަށް ކްރޫޒް މިސައިލް ހަމަލާތަކެއް ދިން ކަމަށެވެ. މިއީ އޭގެ ކުރީ ރޭ އިރާނުން އިސްރާއީލަށް ދިން ވަރުގަދަ ހަމަލާގެ ފަހުން ދިން ހަމަލާއެކެވެ.

ފާއިތުވި ހަފްތާގައި، މި މި ޖަމާއަތުން ތެލް އަވީވް ކައިރީގައިވާ ބެން ގުރިއޯން އިންޓަނޭޝަނަލް އެއަރޕޯޓަށް ދިން މިސައިލް ހަމަލާގެ ބަދަލު ހިފުމަށް އިޒްރޭލުން ވަނީ ޔަމަނުގެ މުހިންމު ބަނދަރެއް ކަމުގައިވާ ހުދެއިދާއަށް ވައިގެ މަގުން ހަމަލާތަކެއް ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް