ކ. މާލެ
|
30 ސެޕްޓެންބަރ 2024 | ހޯމަ 11:30
ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މާސް އިންސްޕެކްޝަންގެ ތެރެއިން
ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މާސް އިންސްޕެކްޝަންގެ ތެރެއިން
އިމިގްރޭޝަން
މާސް އިންސްޕެކްޝަން ކުރިއަށް ގެންދިއުން
ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މާސް އިންސްޕެކްޝަންގައި 28 ބިދޭސީން އަތުލައިގަނެ، 92 ދިވެހިންނަށް ލިޔުމުން ނަސޭހަތްދީފައިވޭ: އިމިގްރޭޝަން
މި އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭގެ ފޭސް 01 އަދި 02 ހިމެނޭގޮތަށް 27 ޒޯނަކަށް ބަހާލައިގެން
ޖުމްލަ 314 ތަން ބަލައި ފާސްކޮށް 769 ބިދޭސީންނާ ވަނީ ސުވާލުކޮށްފައިވޭ
ވިސާ ފުރިހަމަ ނޫން 165 ބިދޭސީންނަށް ވަނީ އިމިގްރޭޝަނަށް ހާޒިރުވުމަށް ނޯޓިސްދީފައިވޭ

ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މާސް އިންސްޕެކްޝަންގައި ގަވާއިދާ ހިލާފަށް އުޅުނު 28 ބިދޭސީން އަތުލައިގަނެ، ގަވާއިދާ ހިލާފަށް ބިދޭސީން ލައްވާ މަސައްކަތްކުރުވާ 92 ދިވެހިންނަށް ލިޔުމުން ނަސޭހަތްދީފިއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް 29 ސެޕްޓެންބަރު 2024 ގައި ހުޅުމާލޭގައި ވަނީ މާސް އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭގެ ފޭސް 01 އަދި 02 ހިމެނޭގޮތަށް 27 ޒޯނަކަށް ބަހާލައިގެންނެވެ. މި އިންސްޕެކްޝަންގައި އިމިގްރޭޝަންގެ 200 އަށްވުރެން ގިނަ އޮފިސަރުން ވަނީ ބައިވެރިވެފައެވެ. އަދި އިމިގްރޭޝަންގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް، މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އުތޯރިޓީން ވެސް މި އިންސްޕެކްޝަންގައި ބައިވެރިވެފައިވެއެވެ.

Advertisement

ހުޅުމާލޭގައި ކުރިއަށް ދިއަ މި އިންސްޕެކްޝަންއާ ގުޅޭގޮތުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ ހުޅުމާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ދީފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރަމުންދާ ބިދޭސީން ދެނެގަނެ، އެމީހުނަށް ފިޔަވަަޅު އަޅައި، ވަޒީފާ ދޭ ފަރާތް ޒިންމާދާރު ކުރުވުމަކީ މި އިންސްޕެކްޝަނުގެ މައިގަނޑު އެއް މަގުސަދު ކަމަށެވެ. އަދި މި އިންސްޕެކްޝަނުން ހޯދާ މައުލޫމާތުގެ އެހީގައި މި މައްސަލައާ ގުޅިގެން މިވަގުތު ހުޅުމާލޭގެ ހާލަތު ދެނެގަނެވޭނެ ކަމަށެވެ.

ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މާސް އިންސްޕެކްޝަންގެ ތެރެއިން

އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި އާދިއްތަ ދުވަހުގެ ހަވީރު 16:00 އިން 18:00ށް ގްރޫޕްތަކަށް ބަހާލައިގެން ކުރިއަށް ގެންދިއަ މި ޚާއްސަ އިންސްޕެކްޝަންގައި ޖުމްލަ 314 ތަން ބަލައި ފާސްކޮށް 769 ބިދޭސީންނާ ވަނީ ސުވާލުކޮށްފައެވެ. ސުވާލުކުރެވުނު ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ބިދޭސީން ހިމެނޭހެން 28 މީހަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ. އަދި ވިސާ ފުރިހަމަ ނޫން 165 ބިދޭސީންނަށް ވަނީ އިމިގްރޭޝަނަށް ހާޒިރުވުމަށް ނޯޓިސްދީފައެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އެމީހުން ލައްވާ މަސައްކަތްކުރުވާ 92 ދިވެހިން (ވަޒީފާ ދޭ ފަރާތް) ނަށް ވަނީ ލިޔުމުން ނަސޭހަތްދީފައިވާ ކަމަށެވެ. އަދި ދެވުނު ނޯޓިސްއާއި އެއްގޮތަށް އަމަލު ނުކޮށްފިނަމަ މި ފަރާތްތަކާއި މެދު ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ.

އިމިގްރޭޝަންގެ މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި މިފަދަ އިންސްޕެކްޝަންތައް ސިލްސިލާކޮށް ކުރިއަށް ގެންގޮސް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ފޭރާމަށް ލިބޭ ގެއްލުން ކުޑަކޮށް، އެމީހުންނަށް އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް