ކ. މާލެ
|
30 ސެޕްޓެންބަރ 2024 | ހޯމަ 10:57
ޔުނައިޓެޑާއި ޓޮޓެންހަމް ކުޅުނު މެޗުގެ ތެރެއިން
ޔުނައިޓެޑާއި ޓޮޓެންހަމް ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގު
އަމިއްލަ ދަނޑުގައި ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ
މިއީ މި ސީޒަންގެ ލީގުގައި ޔުނައިޓެޑުގެ ތިން ވަނަ ބައްޔެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑު ބަލިވެއްޖެ އެވެ.

ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު ބަލިވީ 3-0ންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމުން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ފަހު ހާފުގަ އެވެ.

މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ޓޮޓެންހަމަށް ލީޑު ނަގައިދިނީ ބްރެނަން ޖޯންސަން އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މިކީ ވެން ޑަ ވެން އެވެ. އޭގެ ފަހުން ފުރަތަމަ ހާފު ނިމެން ކުޑަތަން ވެފައި ވަނިކޮށް، ޔުނައިޓެޑުގެ ބްރޫނޯ ފެނާންޑޭސް އަށް ވަޖީ ސީދާ ރަތް ކާޑު ދައްކައިފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ޓޮޓެންހަމްގެ ދެ ވަނަ ލަނޑު ޖެހީ ޑެޖަން ކުލުސެވްސްކީ އެވެ. އަދި ޓޮޓެންހަމްގެ ތިން ވަނަ ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ޖެހީ ޑޮމިނިކް ސޮލާންކޭ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޕަޕޭ ސާރ އެވެ.

މިއީ މި ސީޒަންގެ ލީގުގައި ޔުނައިޓެޑުގެ ތިން ވަނަ ބައްޔެވެ. މިހާތަނަށް ކުޅުނު ހަ މެޗުން ހަތް ޕޮއިންޓާ އެކު ޔުނައިޓެޑު އޮތީ ވެސް 12 ވަނައިގަ އެވެ. ޔުނައިޓެޑު އަތުން މޮޅުވި ޓޮޓެންހަމް އޮތީ ހަ މެޗުން 10 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް