ކ. މާލެ
|
29 ސެޕްޓެންބަރ 2024 | އާދީއްތަ 06:53
ބެއިރޫތުގެ މާޓިޔާސް ސްކުއަރ ގައި ކުޑަކުއްޖަކު ނިދާފައި
ބެއިރޫތުގެ މާޓިޔާސް ސްކުއަރ ގައި ކުޑަކުއްޖަކު ނިދާފައި
އޭޕީ
ލުބުނާން-އިޒްރޭލް ހަނގުރާމަ
އިޒްރޭލުން ހޮނިހިރު ދުވަހު ދިން ހަމަލާތަކުގައި ލުބުނާނުން 33 މަރު
އިޒްރޭލުގެ އަނިޔާވެރި ސިފައިން މެދުނުކެނޑި ބެއިރޫތުގެ އެކި ސަރަހައްދުތަކަށް ބޮންއަޅަމުން ގެންދާއިރު، މިކަން އަވަހަށް ނިމުމަކަށް އަތުވެދާނެ ކަމުގެ ނިޝާނެވެސް ފެންނަން ނެތް ކަމުގައި ރިޕޯޓްތައް ބުނެއެވެ.

އިޒްރޭލުން ހުއްޓުމެއްނެތި ލުބުނާނުގެ ވެރިރަށް ބެއިރޫތައް ހޮނިހިރު ދުވަހު ބޮންއަޅަމުން ގެންދިއުމުގެ ސަބަބުން 33 މީހުން މަރުވެއްޖެ ކަމަށް ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާ އިން ހާމަކޮށްފިއެވެ.

އިޒްރޭލުގެ އަނިޔާވެރި ސިފައިން މެދުނުކެނޑި ބެއިރޫތުގެ އެކި ސަރަހައްދުތަކަށް ބޮންއަޅަމުން ގެންދާއިރު، މިކަން އަވަހަށް ނިމުމަކަށް އަތުވެދާނެ ކަމުގެ ނިޝާނެވެސް ފެންނަން ނެތް ކަމުގައި ބެއިރޫތުގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު ބުނެފައިވެއެވެ.

ބެއިރޫތުގެ އެކި ސަރަޙައްދުތަކަށް އިޒްރޭލުގެ ޖެޓް މަތިންދާބޯޓުތަކުން ޙަމަލާ ދެމުންދާއިރު، ރައްކާތެރި ތަނެއް ހޯދުމަށް ސިޓީ ތެރޭގައި އެއްތަނުން އަނެއްތަނަށް މީހުންތައް ގެންދަނީ ދަތުރުކުރަމުންނެވެ.

ބެއިރޫތުގައި ނުތަނަވަސް ކަމާ ބިރުވެރިކަން އިންތިހާއަށް އުފެދިގެން ދިޔައީ ހުކުރު ދުވަހު ދިން ގަދަފަދަ ޙަމަލާއާއެކު، ހިޒްބުﷲ ގެ ލީޑަރު ޙަސަން ނަޞްރުﷲ ޝަހީދުކޮށްލި ހާދިސާއާ ގުޅިގެންނެވެ. އެ ހަމަލާގައި ބެއިރޫތުގެ ދެކުނުގައިވާ ދަހިއްޔާ ސަރަޙައްދުގައި މަދުވެގެން 6 އިމާރާތް ބިމާހަމަވެގެން ދިޔައެވެ.

އޭގެފަހުން، އެ ސަރަޙައްދަށް ވެސް ޙަމަލާ އަކަށް ފަހު އަނެއް ޙަމަލާ ދެމުން ގެންދިޔައެވެ. މިހާރު ވެރިރަށް ވަށައިގެންވާ އެހެން ސަރަޙައްދުތަކަށްވެސް ޙަމަލާތައް ވަނީ ފުޅާވެފައެވެ. ބެއިރޫތުގެ ބައިނަލް އަގްވާމީ ވައިގެ ބަނދަރާ ކައިރި ސަރަޙައްދަށްވެސް ޙަމަލާ ދީފައިވާއިރު، އާންމުންގެ ނުތަނަވަސްކަން އިންތިހާ އަށް ބޮޑުވެފައިވާކަމުގައި ރިޕޯޓްތައް ބުނެއެވެ.

ބެއިރޫތުން ހޮނިހިރު ދުވަހު މުޅި ދުވަހު އިވެމުންދިޔައީ ޑްރޯންގެ އަޑުފައްގަނޑު ކަމަށް އަލްޖަޒީރާ އިން ބުނެއެވެ.               

އިޒްރޭލުގެ އަނިޔާވެރި ހަމަލާތައް ޣައްޒާއަށް ވެސް ދަނީ ދެމުންނެވެ. އެންމެ ފަހުގެ ހިސާބުތައް ބުނާ ގޮތުން އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން މަރުވި މީހުންގެ އަދަދު 41،586ށް ވަނީ އަރާފައެވެ. އިޒްރޭލުގެ ހަމަލާތުގައި ޒަޚަމްވި ފަލަސްތީނު މީހުންގެ އަދަދު 96،210ށް ވަނީ މައްޗަށް ގޮސްފައެވެ.

ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ ދިގުމުއްދަތަކަށް ވެރިއަކަށް ހުންނެވި ހަސަން ނަސްރުﷲ އިޒްރޭލުން ބޮންއަޅާ އަވަހާރަކޮށްލުމާ ގުޅިގެން ލުބުނާނުގައި ވަނީ ހިތާމައިގެ 3 ދުވަސް އިއުލާން ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް