ކ. މާލެ
|
28 ސެޕްޓެންބަރ 2024 | ހޮނިހިރު 11:14
މެޗުގައި ލަނޑު ޖެހުމަށްފަހު މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިޓާލިއަން ލީގު
ލެޗޭ އަތުން މޮޅުވެ، މިލާނަށް ހަމަޖެހުމެއް
މޮޅާއެކު ލީގު ތާވަލްގެ ދެ ވަނައިގައި މިލާން އޮތީ މިހާތަނަށް ކުޅުނު ހަ މެޗުން 11 ޕޮއިންޓު ހޯދައިގެންނެވެ.

އިޓާލިއަން ލީގުގައި ލެޗޭއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ތާވަލްގެ ދެ ވަނައިގައި އޭސީ މިލާން އިން ހަމަޖެހުމެއް ހޯދައިފި އެވެ.

އޭސީ މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގައި މިލާން އިން އެ ޓީމުގެ ތިން ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި މިލާނަށް ލީޑު ނަގައިދިނީ އަލްވާރޯ މޮރާޓާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ތިއޯ ހެނާންޑޭޒް އެވެ. އޭގެ ތިން މިނެޓު ފަހުން ހެނާންޑޭޒް ވަނީ މިލާންގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އެއީ ރަފައެލް ލިއާއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެވެ. މެޗުގައި މިލާންގެ ތިން ވަނަ ލަނޑު 43 ވަނަ މިނެޓުގައި ޖެހީ ކްރިސްޓިއަން ޕުލިސިޗް އެވެ.

މޮޅާއެކު ލީގު ތާވަލްގެ ދެ ވަނައިގައި މިލާން އޮތީ މިހާތަނަށް ކުޅުނު ހަ މެޗުން 11 ޕޮއިންޓު ހޯދައިގެންނެވެ. ތިން މެޗުން މިލާން މޮޅުވެފައިވާއިރު، ދެ މެޗު އެއްވަރުވެ، އެއް މެޗުން ވަނީ ބަލިވެފަ އެވެ. ލީގު ތާވަލްގެ ދެ ވަނަ އަށް މިލާން ޖެހިލިއިރު، އެ ޓީމުގެ ކޯޗު ޕައުލޯ ފޮންސެކާ އަށް އޮތް ޕްރެޝަރަށް ލުޔެއް ލިބޭނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް