ކ. މާލެ
|
25 ސެޕްޓެންބަރ 2024 | ބުދަ 11:37
މެޗުގައި ލަނޑު ޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާާޅު ކުރަނީ
ރޮއިޓާސް
ކަރަބޯ ކަޕް
ވަޓްފޯޑް ބަލިކޮށް، ސިޓީ ގަދަ 16 އަށް
މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ވަނީ އެ ޓީމުގެ ދެ ލަނޑު ޖަހައިފަ އެވެ. ނަމަވެސް ފަހު ހާފުގައި ވަޓްފޯޑުން ވަނީ ލަނޑެއް ޖަހައިފަ އެވެ.

ކަރަބޯ ކަޕްގެ ތިން ވަނަ ބުރުގައި ވަޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ މެންޗެސްޓަރ ސިޓީން މުބާާރާތުގެ ގަދަ 16 ވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި އަންގާާރަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ވަނީ އެ ޓީމުގެ ދެ ލަނޑު ޖަހައިފަ އެވެ. ނަމަވެސް ފަހު ހާފުގައި ވަޓްފޯޑުން ވަނީ ލަނޑެއް ޖަހައިފަ އެވެ.

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ސިޓީ އަށް ލީޑު ނަގައިދިނީ ޖެރެމީ ޑޮކޯ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޖެކް ގްރީލިޝް އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ސިޓީގެ ދެ ވަނަ ލަނޑު ޖެހީ މަތެއުސް ނޫނޭޒް އެވެ. އެއީ ރިކޯ ލެވިސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެވެ.

ދެ ވަނަ ހާފުގައި ވަޓްފޯޑުން ވަނީ ލަނޑެއް ޖަހައި، ފަރަގު އެއް ލަނޑަށް ކުޑަ ކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ވަޓްފޯޑަށް އެ ލަނޑު ޖަހައިދިނީ ޓޮމް އިންސް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް