ކ. މާލެ
|
25 ސެޕްޓެންބަރ 2024 | ބުދަ 09:13
ޓޮޓެންހަމްގެ
ޓޮޓެންހަމްގެ
ރޮއިޓާސް
ޓޮޓެންހަމްގެ
ލެވީގެ ރައްދު ސަޕޯޓަރުންނަށް، "އަހަރެންނަށް ކަންކަން ހަޖަމު ވާނެ!"
ލެވީ ވިދާޅުވީ، އޭނާ "ހަންގަނޑު ބޯ ވާނެ ކަމަށާއި"، އޭނާާ އަށް ކަންކަން ހަޖަމު ކުރެވޭނެ ކަމަށެވެ.

ޓޮޓެންހަމްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކުލަބުގެ ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވަމުން އަންނަ ފާޑު ކިޔުންތަކަށް، އެ ކުލަބުގެ ޗެއާމަން ޑެނިއެލް ލެވީ ރައްދު ދެއްވައިފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން، އަބަދު ވެސް ކުލަބުގެ ސަޕޯޓަރުންގެ ނުރުހުން އެ ކުލަބުގެ ވެރިންނަށް އަމާޒުވެ އެވެ. މީގެ ކުރިން ސަޕޯޓަރުން ވަނީ ލެވީއާ ދެކޮޅަށް މުޒާހަރާކޮށް، އިޖުތިޖާޖު ވެސް ކޮށްފަ އެވެ. އެގޮތުން ލެވީ ކުލަބު ދޫކޮށްލުމަށް ގޮވާލާފައިވާއިރު، ސަޕޯޓަރުން ކުލަބު ދެކެ ލޯބިވާ ކަމަށާއި، ކުލަބު ސަލާމަތް ވުމަށް އެދޭ ކަމަށް ވެސް ސަޕޯޓަރުން ވަނީ ގޮވާލައިފަ އެވެ.

މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ޓޮޓެންހަމްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން، ލެވީ އަށް އަދި ކުލަބުގެ އެހެން ވެރިންނަށް ދަނީ ނުރުހުން އަމާޒުވަމުންނެވެ. އެކަމާ ގުޅިގެން ދާދި ފަހުން ވާހަކަ ދައްކަވަމުން ލެވީ ވިދާޅުވީ، އޭނާ "ހަންގަނޑު ބޯ ވާނެ ކަމަށާއި"، އޭނާާ އަށް ކަންކަން ހަޖަމު ކުރެވޭނެ ކަމަށެވެ. އަދި އެކަންކަމާ މާާބޮޑަށް އަޅާލަން ބޭނުން ނުވާ ކަމަށް ވެސް ލެވީ ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ލެވީ ވިދާޅުވީ އެކަންކަމުގެ ސަބަބުން، އިތުރު ކާމިޔާބީ ހޯދަން އޭނާ އަށް ހިތްވަރު ލިބޭ ކަމަށެވެ.

މި ސީޒަންގެ ޕްރިމިއާ ލީގުގައި ޓޮޓެންހަމް ވަނީ މިހާތަނަށް ފަސް މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ ދެ މެޗުންނެވެ. ދެ މެޗުން ބަލިވެފައިވާއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. މިހާތަނަށް ލިބުނު ހަތް ޕޮއިންޓާ އެކު ޓޮޓެންހަމް އޮތީ ވެސް ލީގު ތާވަލްގެ 10 ވަނަ މަޤާމުގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް