Advertisement
ކ. މާލެ
|
23 ސެޕްޓެންބަރ 2024 | ހޯމަ 12:49
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބީއެމްއެލް
ބީއެމްއެލްގެ ސީއީއޯ
ބީއެމްއެލްގެ ސީއީއޯކަމަށް ކުރިމަތިލުމުގެ ފުރުސަތު އޮކްޓޯބަރު 7 ގެ ނިޔަލަށް
ބީއެމްއެލުން ބަޣާވާތެއް ކުރަން އުޅުނު ކަމަށް ވަނީ ތުހުމަތު ކުރެވިފައި
ފުލުހުން ވެސް ވަނީ ޖިނާއީ ތަޙުޤީޤެއް ފަށައިފައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ބީއެމްއެލްއަށް ސީއީއޯއަކު ހޯދަމުންދަނީ އެ މަޤާމުގައި އެންމެ ފަހުން ހުންނެވި ކާލް ސްޓުމްކަ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ސީއީއޯގެ މަޤާމުން ކާލް އިސްތިއުފާ ދެއްވާފައިވަނީ 08 ސެޕްޓެމްބަރު 2024 ގައެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ބޭންކިންގ ދާއިރާގެ 15 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި، އޭގެ ތެރެއިން 5 އަހަރަށްވުރެ ގިނަ ދުވަހު ސީނިއަރ އެގްޒެކެޓިވް މެނޭޖްމަންޓުގެ ދާއިރާއިން ތަޖުރިބާ ހުރުން ހިމެނެއެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 7 އޮކްޓޯބަރު 2024 އެވެ.

Advertisement

ސީއީއޯގެ ޒިންމާތައް މިވަގުތު އަދާކުރައްވަމުން ގެންދަވަނީ ޑެޕިއުޓީ ސީއީއޯ ޢާއިޝަތު ނޫރައްދީންއެވެ.

ބީއެމްއެލްގެ ސީއީއޯގެ މަޤާމު ހުސްވެފައި މިވަނީ ބީއެމްއެލް އިން ރުފިޔާ ކާޑުތަކަށް ދެމުން އައި ޑޮލަރު ލިމިޓު މިދިޔަ މަހު އުވާލުމާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ސަރުކާރަށް ނިސްބަތްވާ އިސް ބޭފުޅުން، ބީއެމްއެލުން ބަޣާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކުރައްވައިފައި ވަނިކޮށްނެވެ.

ބީއެމްއެލްއިން ބަޣާވާތް ކުރިކަމަށް ބުނި މައްސަލަ ފެންމަތިވުމާ ގުޅިގެން، ވެރިކަން ވައްޓާލަން ބަޣާވާތްކުރަން އުޅުނު ކަމަށް ބުނެ، ފުލުހުން ވެސް ވަނީ ޖިނާއީ ތަޙުޤީޤެއް ފަށައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް