ކ. މާލެ
|
11 ފެބްރުއަރީ 2025 | އަންގާރަ 09:47
ބީއެމްއެލްގެ ގެދޮރުވެރި ލޯންތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައި
ބީއެމްއެލްގެ ގެދޮރުވެރި ލޯންތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައި
ބީއެމްއެލް
އިމާރާތްކުރުމަށް ދޫކުރާ ފައިނޭންސް
ގެދޮރު ގަތުމާއި ގެދޮރު އިމާރާތްކުރުމަށް ދޫކުރާ ފައިނޭންސްއަށް ބީއެމްއެލް އިން ހެޔޮ ބަދަލުތަކެއް ގެނެސްފި
ބަދަލު ގެނެސްފައިވަނީ ހޯމް ޕަރޗޭސް ފައިނޭންސިންގް، ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގް އަދި ހޯމް ބިލްޑް ފައިނޭންސިންގްއަށެވެ.

ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭހެން ގެދޮރު ގަތުމާއި، ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ފައިނޭންސް އަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

މިގޮތުން ބަދަލު ގެނެސްފައިވަނީ ހޯމް ޕަރޗޭސް ފައިނޭންސިންގ، ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގ އަދި ހޯމް ބިލްޑް ފައިނޭންސިންގ އަށެވެ.

ހޯމް ޕަރޗޭސް ފައިނޭންސިންގ ( ގެދޮރު ގަތުމަށް)

  • މިހާރު ބިން، ގަރާޖް އަދި ޕާކިން ސްޕޭސް ގަނެވޭނެ ގޮތް ހަމަޖެއްސުން.
  • 3 މިލިއަން ރުފިޔާއާ ހަމަޔަށް އަގުހުރި ޕްރޮޖެކްޓްތަކަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދު %10 އަށް ދަށްކުރުން.

ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގ ( ގެދޮރު މަރާމާތްކުރުން)

  • ފައިނޭންސް އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކުރުން.
  • ފައިނޭންސް ނެގޭ އެންމެ މަތީ އަދަދު 15 މިލިއަން ރުފިޔާއިން 45 މިލިއަން ރުފިޔާއަށް އިތުރުކުރުން.
  • މަޝްރޫޢުން ލިބޭ އާމްދަނީ މިހާރު ބަލައިގަތުން.

ހޯމް ބިލްޑް ފައިނޭންސިންގް (ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމަށް)

  • ފައިނޭންސް ނެގޭ އެންމެ މަތީ އަދަދު 2 މިލިއަން ރުފިޔާއަށް އިތުރުކުރުން.
  • އަލަށް ފައިނޭންސް ނަގާ ފަރާތްތަކަށްވެސް މި ފައިނޭންސަށް އެދި ހުށަހެޅޭ ގޮތް ހަމަޖެއްސުން.
  • ގިނަ ކަސްޓަމަރުންނަށް ފުރުސަތު ދިނުމަށް ފައިނޭންސަށް ޝަރުތު ހަމަވާ އާމްދަނީގެ އަދަދު ދަށްކުރުން.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓުގައި ހޯމް ފައިނޭންސިންގ ދޫކުރަނީ ބޭންކް އޮފް މޯލްޑިވްސްއިން ކަމަށެވެ. އަދި މި ބަދަލާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އާންމު ފަރުދުންނާއި އާއިލާތަކުގެ ތެރެއިން މިހާރަށް ވުރެ ގިނަ އަދަދެއްގެ ބަޔަކަށް ގެދޮވެރިންނަށް ވުމަށް ބޭނުންވާ ފައިނޭންސިންގ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

- ކޮމެންޓް