Advertisement
ކ. މާލެ
|
19 ސެޕްޓެންބަރ 2024 | ބުރާސްފަތި 14:35
ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފު، ބަންޑާރަނާއިބު އުޝާމްއާ ބައްދަލުކުރެއްވުން
ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފު، ބަންޑާރަނާއިބު އުޝާމްއާ ބައްދަލުކުރެއްވުން
ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް
ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފު، ބަންޑާރަނާއިބު އުޝާމްއާ ބައްދަލުކުރައްވައިފި
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތްޕުޅު ބަންޓައްކުރާނެ ގޮތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅާ ފަރާތަކީ ބަންޑާރަނާއިބު
ދެބޭފުޅުން ވަނީ ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފު ބަންޑާރަނާއިބު އަލްއުސްތާޛް އަޙްމަދު އުޝާމްއާ ބައްދަލުކުރައްވައިފިއެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި ބުރާސްފަތި ދުވަހު އެޓާރނީ ޖެނެރަލްގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ބަންޑާރަނާއިބު ވަނީ ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް މަޤާމަށް އައްޔަންކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

Advertisement

އަދި ޕްރޮސިކިއުޓަރ ޖެެނެރަލް ވަނީ ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވުރު ބަންޑާރަނާއިބާ ޙިއްޞާކުރައްވާފައެވެ.

އަދި ބަންޑާރަނައިބު އުޝާމް ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގެ ޒިންމާތައް އަދާކުރެއްވުމުގައި، ތެދުވެރިކަމާއެކު ދެމިހުންނެވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހިތްވަރު ދެއްވާފައެވެ.

ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރާންވާނީ އަދި ބާރުތައް ބޭނުންކުރާންވާނީ، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި، ވަކިފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި، ތަޢައްޞުބުން އެއްކިބާވެ ހުރެ ބަންޑާރަނައިބު ކަނޑައަޅުއްވާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތަށެވެ. އެހެންކަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތްޕުޅު ބަންޓައްކުރާނެ ގޮތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅާ ފަރާތަކީ ބަންޑާރަނާއިބެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް