Advertisement
ކ. މާލެ
|
17 ސެޕްޓެންބަރ 2024 | އަންގާރަ 15:25
ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް އަލީ ހަބީބު
ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް އަލީ ހަބީބު
މަޖިލިސް
ބީއެމްއެލްގެ ޗެއަރމަން
ބީއެމްއެލްގެ ޗެއަރމަންކަމަށް ރައީސް އޮފީހުގެ މަޤާމެއްގައި ހުންނެވި ޙަބީބް އައްޔަނުކުރަން ސަރުކާރުން ހުށަހަޅައިފި
21 ސެޕްޓެންބަރު 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ އާންމު ޖަލްސާއަކީ އޮންލައިންކޮށް ބޭއްވޭ ޖަލްސާއެއް
އޭނާ ވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި އެޕްރީލް 2012ން ފެށިގެން ފެބުރުވަރީ 2019 ގެ ނިޔަލަށް އަދާކުރައްވާފައި

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒްގެ މަގާމުގައި ހުންނެވި އަހްމަދު އަލީ ހަބީބު އައްޔަނުކުރަން ސަރުކާރުން ހުށަހަޅައިފިއެވެ.

އަޙްމަދު ޢަލީ ޙަބީބް 17 ނޮވެންބަރު 2023 ވަނަ ދުވަހުން ފެށިގެން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒްއެވެ. މި މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ޖެނެރަލް މެނޭޖަރުކަން 15 ޖަނަވަރީ 2006 އިން ފެށިގެން 16 ނޮވެންބަރު 2023 ގެ ނިޔަލަށް އަދާކުރައްވާފައިވެއެވެ.

Advertisement

އޭނާ ވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި އެޕްރީލް 2012 އިން ފެށިގެން ފެބުރުވަރީ 2019 ގެ ނިޔަލަށް އަދާކުރައްވާފައެވެ. އަޙްމަދު ޢަލީ ޙަބީބް އަކީ އިނގިރޭސިވިލާތުގެ ޗާރޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސްގެ މެންބަރެކެވެ.

ބޭންކުން މައުލޫމާތު ދޭ ގޮތުގައި 21 ސެޕްޓެންބަރު 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ އާންމު ޖަލްސާއަކީ އޮންލައިންކޮށް ބޭއްވޭ ޖަލްސާއެއްކަމުން ހިންގާ ގަވާއިދުގެ 49 ވަނަ މާއްދާގެ ދަށުނ،ް އެ ބޭންކުގެ ބޯޑަށް ސަރުކާރުގެ ފަރާތުން އަލްފާޟިލް އަޙްމަދު ޢަލީ ޙަބީބް ނޫވިލާގެ ސ. ހިތަދ،ޫ ޢައްޔަންކުރުމަށް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް