ކ. މާލެ
|
25 ޖޫން 2024 | އަންގާރަ 09:57
މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ކުއްލި މައްސަލަ ހުށަހަޅުއްވަނީ
މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ކުއްލި މައްސަލަ ހުށަހަޅުއްވަނީ
ރާއްޖެއެމްވީ
މަސްވެރިންނަށް ފައިސާ ދިނުން
މަސްވެރިންނަށް ފައިސާ ނުދީ ލަސްވުމާއި ގުޅިގެން އެމްޑީޕީން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ރައީސްގެ ވައުދުފުޅު ފުއްދަވައި ނުދެއްވާތީ އައްޑޫސިޓީގެ 400އެއްހާ އާއިލާ ހިމެނޭ ގޮތަށް މަސްވެރިން އިހުތިޖާޖު ކުރަމުންދޭ
ސްވެރިން އަތުން ގަންނަ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސްގެ ވައުދުފުޅެއް
މަސްވެރިން ކުރަމުންދާ އިހުތިޖާޖަށް ސަރުކާރުން އެކަށީގެންވާ ހައްލެއް ހޯދައިދެވިފައި ނުވޭ

އަންގާރަ ދުވަހުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީއެވެ.

އެއީ ސަރުކާރު ކުންފުނި މިފްކޯއިން މަސްވެރިން އަތުން މަސް ގަތުމަށްފަހު ފައިސާ ނުދީ ލަސްވުމާއި ގުޅިގެން މަސްވެރިން ކުރަމުންދާ އިހުތިޖާޖަށް ސަރުކާރުން އެކަށީގެންވާ ހައްލެއް ހޯދައިދެވިފައި ނުވާ ކަމަށް ބުނެ، އެކަން ޙައްލުކޮށްދިނުމަށް އެދި ސަރުކާރަށް ގޮވާލާ ހުށަހެޅި މައްސަލައެކެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވީ، މަސްވެރިން އަތުން ގަންނަ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ. ނަމަވެސް މަސްވެރިންނަށް ފައިސާ ނުދޭތީ މިއަދު މަސްވެރިން ޙާލުގައި ޖެހިފައި ތިބިކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

އެއީ ރައީސްގެ ރިޔާސީ ވައުދުފުޅެއް، ނަމަވެސް ފާއިތުވި ދެމަސް ދުވަހު މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދީފައެއް ނުވޭ، އޭގެ ސަބަބުން މަސްވެރިން ތިބީ ބިކަވެ، ހާލުގައި ޖެހިފައި، ދަރަނި ބިލުތަކާއި، ޔުޓިލިޓީ އަދި އެހެނިހެން ބިލުތައް ދެއްކޭނެ ގޮތެއް ނެތިފައި
މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ

މެމްބަރު ވިދާޅުވީ، ރައީސްގެ ވައުދުފުޅު ފުއްދަވައި ނުދެއްވާތީ އައްޑޫސިޓީގެ 400އެއްހާ އާއިލާ ހިމެނޭ ގޮތަށް މަސްވެރިން އިހުތިޖާޖު ކުރަމުންދާ ކަމަށާއި، އެކަމަށް ހުރަސް ނާޅައި، މަސްވެރިންނަށް ފައިސާ ދިނުން އަވަސް ކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓް