Advertisement
ކ. މާލެ
|
15 ސެޕްޓެންބަރ 2024 | އާދީއްތަ 13:10
ފެނަކައިގެ ޗެއާމަންގެ މަޤާމަށް އައްޔަނު ކޮށްފައިވާ އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް
ފެނަކައިގެ ޗެއާމަންގެ މަޤާމަށް އައްޔަނު ކޮށްފައިވާ އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް
މިހާރު
ފެނަކައިގެ ހިންގުން
ފެނަކައިގެ ޗެއަރމަނަކަށް އެސްޓިއޯގެ އެމްޑީ ޝިމާދު، އިތުރު ދެ މެމްބަރުން އައްޔަނުކޮށްފި
ޗެއާމަންގެ މަގާމަށް ޝިމާދު އައްޔަނުކުރި އިރު ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރު ދެ ބޭފުޅަކު ވެސް އައްޔަންކޮށްފައިވޭ

ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށް އެސްޓީއޯގެ މެނޭޖިން ޑިިރެކްޓަރު ޝިމާދު އިބްރާހީމް އައްޔަންކޮށްފި އެެވެ.

މިކަން އިއުލާންކޮށްފައިވަނީ ފެނަކަ އިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

ޗެއާމަންގެ މަގާމަށް ޝިމާދު އައްޔަނުކުރި އިރު ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރު ދެ ބޭފުޅަކު ވެސް އައްޔަންކޮށްފައިވެ އެވެ. އެގޮތުން ޕީސީބީ އިން އައްޔަނުކޮށްފައިވަނީ ވަނީ އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މާޒިން އެވެ.

Advertisement

ފެނަކަ ކޯޕަރޭޝަނުން ވަނީ އެ ކުންފުނީގެ އާ ޗެއާޕާސަނާއި ބޯޑު ދެ މެންބަރުންނަށް މަރުހަބާ ކިޔާފަ އެވެ.

ފެނަކައިގެ ޗެއާމަންގެ މަޤާމަށް ޝިމާދު އަދި އިތުރު ދެ ބޯޑު މެމްބަރުން އައްޔަނުކޮށްފައި މިވަނީ ފެނަކައިގެ ގެ ސައްތައިންސައްތަ ހިއްސާ، އެސް.ޓީ.އޯ. އިން ގަނެ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ މުޢިއްޒު ނިންމަވައި އެކަމުގެ އިދާރީ މަސައްކަތްތައް ފަށާފައި ވަނިކޮށެވެ.

Advertisement

Advertisement
- ކޮމެންޓް