ކ. މާލެ
|
12 ސެޕްޓެންބަރ 2024 | ބުރާސްފަތި 13:10
ރެއާލްގެ ފަރިތަކުރުމުގައި މިލިޓާއޯ ބައިވެރި ވަނީ
ރެއާލްގެ ފަރިތަކުރުމުގައި މިލިޓާއޯ ބައިވެރި ވަނީ
ގޯލް.ކޮމް
ރެއާލް މެޑްރިޑް
ރެއާލްގެ ފަރިތަކުރުންތަކަށް މިލިޓާއޯ ނިކުމެއްޖެ
ބްރެޒިލްގެ ފަރިތަކުރުމުގައި ބައިވެރިވަމުން އަންނަނިކޮށް މިލިޓާއޯ އަށް ލިބިފައި ވަނީ މަސްގަނޑުގެ އަނިޔާ އެކެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ، އަނިޔާ އަށް ފަހު އެ ކުލަަބުގެ ފަރިތަަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ އަށް އަނިޔާވެފައި ވަނީ ބްރެޒިލް ޤައުމީ ޓީމާ އެކު ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގެ ތެރެއިންނެވެ. ބްރެޒިލްގެ ފަރިތަކުރުމުގައި ބައިވެރިވަމުން އަންނަނިކޮށް މިލިޓާއޯ އަށް ލިބިފައި ވަނީ މަސްގަނޑުގެ އަނިޔާ އެކެވެ. އަނިޔާގެ ސަބަބުން މިލިއާޓޯ އަށް ޖެހުނީ ބްރެޒިލްގެ ފަރިތަކުރުންތައް ދޫކޮށް ދާށެވެ. އެއީ އަނިޔާގެ އިތުރު ތަފުސީލުތަައް ދެނެގަތުމަށް ހަދަން ޖެހޭ މެޑިކަލް ޓެސްޓުތައް ކުރިއަށް ގެންދިޔުމަށެވެ.

މިލިޓާއޯ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ބްރެޒިލް އިން އެކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗާއި، އޭގެ ފަހުން ޕެރަގުއޭއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ކުޅެފައެއް ނުވެ އެވެ. އޭގެ ފަހުން ރެއާލުން އަންދާޒާކޮށްފައި އޮތީ ސްޕެނިޝް ލީގުގައި ރެއާލުން، ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ނުކުޅެވޭނެ އެވެ. ނަމަވެސް އެ މެޗުގެ ކުރިން ރެއާލުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި މިލިޓާއޯ ވަނީ ބައިވެރިވެފަ އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ސްޕެނިޝް ލީގުގައި ސޮސިއެޑާޑާ ދެކޮޅަށް ކުޅޭ މެޗުގައި މިލިޓާއޯ ފެނުމުގެ ފުރުސަތު ބޮޑެވެ.

މި ފަހުން ރެއާލްގެ ގިނަ ކުޅުންތެރިން ތަކަކަށް ވަނީ އަނިޔާވެފަ އެވެ. އެއީ ޖޫޑް ބެލިންހަމް، އެޑުއާޑޯ ކަމަވިންގާ، އައުރެލިއަން ޗުއެމިނީ، ފާލަންޑް މެންޑީ، ޑެނީ ސެލަބޯސް، ޑޭވިޑް އަލްބާ އަދި ޖަކޮބޯ ރަމޮން އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް