ކ. މާލެ
|
7 އޮކްޓޯބަރ 2025 | އަންގާރަ 11:46
ރެއާލް އަށް ކުޅެމުން އަންނަ ރޮޑްރީގޯ
ރެއާލް އަށް ކުޅެމުން އަންނަ ރޮޑްރީގޯ
ރޮއިޓަރސް
ރެއާލް މެޑްރިޑް
މިދިޔަ ސީޒަންގެ ހިތްދަތިކަން ތަކުރާރު ވެގެން ނުވާނެ ކަމަށް ރޮޑްރީގޯ ބުނެފި
ރޮޑްރީގޯ ބުނީ މިދިޔަ ސީޒަންގައި ރެއާލް އިން ބާސެލޯނާއާ ދެކޮޅަށް ކުޅުނުއިރު، އެ މެޗު ތަކުގެ ނަތީޖާ ވަރަށް ގޯސް ކަމަށާއި، އެއީ އެއްވެސް ގޮތަކަށް ކަމުދާ ނަތީޖާ ތަކެއް ނޫން ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން މި ސީޒަންގައި އަނެއްކާ އަލުން އެކަން ތަކުރާރު ވެގެން ނުވާނެ ކަމަށް ރޮޑްރީގޯ ބުނެފައިވެ އެވެ.

ވާދަވެރި ބާސެލޯނާއާ ދެކޮޅަށް މިދިޔަ ސީޒަންގައި ކުޅުނު މެޗުތަކުގެ ހިތްދަތިކަން އަނެއްކާ އަލުން ތަކުރާރު ވެގެން ނުވާނެ ކަމަށް، ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ރޮޑްރީގޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ މި ސީޒަންގައި ރެއާލް އިން ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗަށް އިޝާރާތް ކުރަމުންނެވެ. ބައިނަލްއަޤުވާމީ ބްރޭކަށް ފަހު ސްޕެނިޝް ލީގުގެ ކުޅުން އަލުން ފަށާއިރު، މި މަހުގެ 20 ވަނަ ދުވަހު ރެއާލް ކުޅޭނީ ގެޓާފޭއާ ދެކޮޅަށެވެ.

އޭގެ ފަހުން މި މަހުގެ 23 ވަނަ ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްއާ ދެކޮޅަށް ރެއާލް ކުޅޭނެ އެވެ. އެ މެޗަށް ފަހު، މި މަހުގެ 26 ވަނަ ދުވަހު ރެއާލް ކުޅޭނީ ބާސެލޯނާއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ރެއާލްގެ އަމިއްލަ ދަނޑުގަ އެވެ.

އެކަމަށް އިޝާރާތްކޮށް ވާހަކަ ދައްކަމުން ރޮޑްރީގޯ ބުނެފައި ވަނީ، އެލް ކްލެސިކޯގައި ރެއާލް އިން ބާސެލޯނާ ބަލި ކުރަން ޖެހޭ ކަމަށެވެ. ކޮންމެ ގޮތަކަށް ކަންތައް އޮތް ނަމަވެސް، ރެއާލް އަށް ބާސެލޯނާ ބަލި ކުރެވެން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެކަން ފާހަގަކޮށް ރޮޑްރީގޯ ބުނީ މިދިޔަ ސީޒަންގައި ރެއާލް އިން ބާސެލޯނާއާ ދެކޮޅަށް ކުޅުނުއިރު، އެ މެޗު ތަކުގެ ނަތީޖާ ވަރަށް ގޯސް ކަމަށާއި، އެއީ އެއްވެސް ގޮތަކަށް ކަމުދާ ނަތީޖާ ތަކެއް ނޫން ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން މި ސީޒަންގައި އަނެއްކާ އަލުން އެކަން ތަކުރާރު ވެގެން ނުވާނެ ކަމަށް ރޮޑްރީގޯ ބުނެފައިވެ އެވެ.

އޭނާ ބުނީ ބާސެލޯނާއާ ދެކޮަށް ރެއާލް ކުޅެން ޖެހެނީ އެ ޓީމުގެ އަމިއްލަ ދަނޑުގައި ކަަމަށާއި، ރެއާލް އަކީ ކޮން ފެންވަރެއްގެ، ކޮން ބައެއްކަން އެ މެޗުގައި ބާސެލޯނާ އަށް ދައްކަން ޖެހޭ ކަމަށެވެ. ރޮޑްރީގޯ ބުނީ ރެއާލް އަކީ ފެންވަރު ރަނގަޅު ޓީމެއްކަން މިހާތަނަށް ވެސް ސާބިތު ކޮށްދީފައިވާނެ ކަމަށެވެ.

މިދިޔަ ސީޒަންގައި ރެއާލް އާއި ބާސެލޯނާ ވަނީ ހަތަރު ފަހަރެއްގެ މަތިން ބައްދަލު ކޮށްފަ އެވެ. އެ ހަތަރު މެޗު ވެސް ކާމިޔާބު ކޮށްފައި ވަނީ ބާސެލޯނާ އިންނެވެ. އެއީ ސްޕެނިޝް ލީގުގައި ކުޅުނު ދެ މެޗާއި، ސްޕެނިޝް ސުޕަ ކަޕް އަދި ކޮޕާ ޑެލް ރޭ ގެ ފައިނަލްގަ އެވެ.

ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ފުރަތަމަ މެޗުގައި ރެއާލްގެ މައްޗަށް ކުރި ހޯދާފައި ވަނީ 4-0 އިންނެވެ. އޭގެ ފަހުން ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ވަނީ 5-2 އިން ރެއާލް ބަލިކޮށްފަ އެވެ. އޭގެ ފަހުން ކޮޕާ ޑެލް ރޭގެ ފައިނަލްގައި 3-2 އިން ރެއާލް ބަލި ކުރިއިރު، ސްޕެނިޝް ލީގުގެ ދެ ވަނަ މެޗުގައި ވަނީ 4-3 އިން ރެއާލް ބަލިކޮށްފަ އެވެ.

ބައިނަލްއަޤުވާމީ ބްރޭކަށް ލީގު މެދު ކަނޑާލާފައިވާއިރު، އެއް ވަނައިގައި އޮތީ ރެއާލް އެވެ. ދެ ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އެވެ.

- ކޮމެންޓް